ގައު ބޭލުމުގައި ގިނަބަޔަކު އަވަދިނެތި

ސަރުކާރުން ނިލަންދުއަށް ހަދިޔާކުރި 50 ޕެލެޓް ގައު ބޭލުމުގައި ސަރުކާރުގެ މުވައްޒަފުންނާއި, ރައްޔިތުންގެ މުވައްޒަފުންނާއި ޢާންމުންގެ ތެރެއިން ބަޔަކު ހިމެނޭގޮތުން ގިނަ ބަޔަކު ޙަރަކާތްތެރިވަމުން އެބަދެއެވެ.

ނިލަންދެއަށް މަޢުލޫމާތު ހިއްސާކުރި ބޭފުޅަކު ހާމަކުރެއްވި ގޮތުގައި “ދީނީ ދަރުސް ނުދެވިގެން އިންތިހާއަށް ކަންބޮޑުވި ފަރާތްތަކާއި ކައުންސިލަށް ކަންކަން ނުވާކަން ދެއްކުމަށް އަނގަތަޅާ އެއްވެސް މީހަކު މި މަސައްކަތުގައި ބައިވެރި ނުވޭ” ކަމަށެވެ.

ބަނދަރު ސަރަހައްދުގައި އެތުރުމަށް ގެންދިޔަ ގައު ބޭލުމުގެ މަސައްކަތުގައި ރަށުގެ ވަރަށް ގަދަރުވެރި ބޭފުޅުންނާއި ދާއިރާތަކުގެ އެންމެ އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ގެންދަނީ ބައިވެރިވަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*