ބާ ދަގަނޑަށް ދޫކޮށްލާފަހުރި ޖަނަރޭޓަރުތައް ހަދައިފި

ނިިލަންދޫ ނަރުދަމާ ނިޒާމުގައި ހުރި 40 ކިލޯގެ އިންޖީނު ހަދައި އިންޖީނު ރޫމް ސާފުކޮށްފައި. ކުރީގެ 2 ކައުންސިލުންވެސް މިތަކެތިވަނީ ހަލާކުވާން ދޫކޮށްލާފައި.

ޔުނިސެފްގެ އެހީގައި ނިލަންދޫގައި ގާއިމްކުރި ނަރުދަމާ ނިޒާމަށް ހަދިޔާކޮށްފައިވާ 40 ކިލޯވޮޓްސް އާއި 5 ކިލޯވޮޓްސްގެ ދެ ޖަނަރޭޓަރު ހަލާކުވުމުގެ ސަބަބުން ބާދަނގަޑަށް ދޫކޮށްލާފައިވަނިކޮށް ނިލަންދޫ ރަށު ކައުންސިލުން މަރާމާތުކޮށްފިއެވެ.

ނިލަންދެއަށް މަޢުލޫމާތު ދެއްވަމުން، ނިލަންދޫ ރައްޔިތުންގެ މުއައްސަސާގެ ސްޕަވައިޒަރު އަހްމަދު ޝިޔާމު ހާމަކުރި ގޮތުގައި އިންޖީނުތައް ނުހިންގައި ގިނަ ދުވަސް ވުމުގެ ސަބަބުންނާއި ސާފުނުކުރާތާ އެތައް ދުވަހެއްވުމުގެ ސަބަބުން އޭގައި ވަރަށް ބޮޑަށް ދަބަރުޖަހާފައި ހުރިކަމަށެވެ. ނަމަވެސް ކައުންސިލްގެ އިސްނެގުމުގެ މަތީން އެދެ އިންޖީނަށްވެސް ބޭނުންވާ ސްޕެއަރ ހޯދުމަށްފަހު އިންޖީނުތައްވަނީ މަރާމާތުކޮށް ހިންގަންފަށާފައެވެ.

ޝިޔާމު އިތުރަށް ހާމަކުރި ގޮތުގައި ނަރުދަމާ ނިޒާމު ހިންގުމަށް 40 ކިލޯގެ އިންޖީނު ބޭނުން ކުރަންފެށުމުން، ނަރުދަމާއަށް ބަރާބަރަށް ކަރަންޓް ލިބި އެތަނަށް ކުރިމަތިވަމުންދާ ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން، ރަށުގެ މައި އިންޖީނުގެއަށްވެސް ވަރަށް ބޮޑުތަނުން ލޯޑު ކުޑަވެގެންދާނެއެވެ.

މި ޖަނަރޭޓަރުތަކަކީ މީގެ ކުރީގެ ދެ ކައުންސިލުންވެސް އެއްވެސް އަޅާލުމެއްނެތި ހަލާކުވާން ދޫކޮށްލާފައިވާ ތަކެއްޗެވެ. ރައްޔިތުންނަށް ލިބެމުންދާ މިފަދަ އެތައް ގެއްލުންތަކަކުން ސަލާމަތްކުރުމަށް މިހާރުގެ ކައުންސިލުންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*