ބަނދަރުން ފެން ވިއްކަން ފެށުމުން ބަނދަރުގައި ވަޅެއް ބެހެއްޓުމަށް އެދިއްޖެ

ފެންމީޓަރު ބަހައްޓާފައިހުރި ފޮށީކައިރީ ލޯންޗެއް އަޅާފައި

ނިލަންދޫ ބަނދަރުން ފެންވިއްކަން ފެށުމުން އަމިއްލަ ދޯންޏަށް ފެން އެޅުމަށް ބަނދަރުގައި ވަޅެއް ބަހައްޓަން ކާމިޔާބު 7 ބޯޓުގެ ވެރިފަރާތް ޢަބުދުއްރައްޒާގް ޙުސައިން (އެސްޖެހި ރައްޒާގު) ނިލަންދޫ ރަށު ކައުންސިލްގައި އެދިއްޖެއެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ނިލަންދޫ ރަށު ކައުންސިލް އިދާރާގެ މުވައްޒަފެއް ހާމަކުރެއްވި ގޮތުގައި މިގޮތަށް އެސްޖެހި ރައްޒާގު ހުށަހަޅާފައިވަނީ ނިލަންދޫގެ ކައުންސިލަރުންނާއިއެކު ބޭއްވުނު ބައްދަލުވުމެއްގައެވެ.

ފެން ވިއްކުމަށް މީޓަރު ބެހެއްޓުމާއެކު، ކާމިޔާބު 7 ބޯޓުގެ ފުރަތަމަ ދަތުރަށް ފެން އަޅާފައިވަނީ ބީޗްސައިޑް ގެއަށް ހޮޅި ގުޅައިގެންނެވެ. ނަމަވެސް، ޖެހިގެން އައި ދަތުރުގައި ފެނުގެ އަގު ލީޓަރެއް 5 ލާރިއަށް ކުޑަކުރުމުން 300ރ ގެ ފެން (6000 ލީޓަރު) ގަނެފައިވާ ކަމަށްވެއެވެ.

ފެންވިއްކުމަށް ކައުންސިލުން ހަރުކޮށްފައިވާ މީޓަރަކީ ނިލަންދޫ ރަށު ކައުންސިލްގެ ފުރަތަމަ ދައުރުގައި ގެނެސްފައިވާ އެއްޗެއް ނަމަވެސް، ފާއިތުވެދިޔަ ދެ ކައުންސިލުންވެސް ވަނީ އެކަން ނުކޮށް ދޫކޮށްލާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*