ކާޑާއި ގޭސް ހުރި މިންވަރު އެންގުމަށް ޑިސާސްޓަރ އިން އަންގައިފި

ކައުންސިލްގެ ނައިބު ރައީސް ޢަލީ މުޙަންމަދު (މެޖެންޓާ ޓީޝާޓެއްގައި) އަދި ބައެއް ޒުވާނުން ފެންހިންދުމުގެ މަސައްކަތުގައި

މީހުން ދިރިއުޅޭ ގޭގޭގައި ކާޑުގެ ބާވަތްތަކާއި ކައްކާ ގޭސް ހުރި މިންވަރު އަންގައިދިނުމަށް ޑިސާސްޓަރ މެނެޖްމަންޓް ސެންޓަރުން މިއަދު ނިލަންދޫ ރަށު ކައުންސިލްގައި އެދެފިއެވެ. ކައުންސިލުން ވާހަކަފުޅު ދެއްކެވި ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ މުޙަންމަދު ހާމަކުރެއްވި ގޮތުގައި އެމަސަތް، ކައުންސިލްގެ ރައީސްގެ ލަފާފުޅާއެކު މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ.

ނިލަންދެއަށް މަޢުލޫމާތު ދެއްވަމުން، ނައިބު ރައީސް ހާމަކުރެއްވި ގޮތުގައި ނިލަންދޫގައި އިއްޔެ ފެންބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ގެއްލުމަކާއި ކުރިމަތި ނުވީ، ފަތިހު ވާރޭ ވެހެން ފެށުމާއެކު އެކަމަށް ތައްޔާރުވެ މަސައްކަތް ފެށުމެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ކައުންސިލްގެ ރައީސްގެ އިރުޝާދާއެކު ފެންހިއްކުމުގެ މަސައްކަތް ފަށާފައިވަނީ ފަތިސް ނަމާދަށްފަހުގައެވެ.

“މިއަދުވެސް އަޅުގަނޑުމެން މިތިބީ ސަފުތައް ރުކުރުވާލައިގެން، ތައްޔާރީ ޙާލަތުގައި. ވަރަށް ރަނގަޅަށް ކުރެވުނު ކަމެއް ފަތިސް ފަތިހާއެކު ފެންހިއްކުމުގެ މަސައްކަތް ފެށުން އެއީ.” ޢަލީ ހާމަކުރެއްވިއެވެ.

ނިލަންދެއަށް އެނގިފައިވާ ގޮތުގައި ކާޑުގެ ބާވަތްތަކާއި ކައްކާ ގޭސް ހުރި މިންވަރު އަންގައިދިނުމަށް ޑިސާސްޓަރ މެނެޖްމަންޓް ސެންޓަރުން މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ދަނީ އަންގަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*