ރައްޔިތުން އިތުރަށް ސަމާލުވުމަށް ޑިފެންސް މިނިސްޓަރ ވިދާޅުވެއްޖެ

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް (ފޮޓޯ: ވަގުތު)

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރަމުންދާއިރު، ރައްޔިތުން އިތުރަށް ސަމާލުވުމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު އިލްތިމާސް ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ސިފައިންގެ ކޮމާންޑް އޭރިއާތައް ސަމާލުވުމަށް މިހާރު ވަނީ އަންގާފައި ކަމަށެވެ.

އަދި ދ. އަތޮޅުގެ ދެރަށެއްގައި ފެންބޮޑުވެފައިވާ ކަމަށާއި އެގޮތުން ދ. އަތޮޅު މީދޫއަށް މިހާރު ސިފައިން ފޮނުވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަނެއް ރަށަށް، ކައިރި އެހެން ރަށްތަކުން މީހުން ގޮސް އެހީތެރިވަމުންދާ ކަން ވެސް ހާމަ ކުރެއްވިއެވެ.

މީގެ އިތުރުން ގަދަ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު އެއްލާލައިގެން ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިހާރު ހަބަރުތައް ލިބެމުންދާ ގޮތުގައި ކޮޅިގަނޑު ތޫފާނަކަށް ބަދަލު ވެދާނެ ކަމަށާއި، މިހާރުގެ ހާލަތަށް ބަލާއިރު ރައްޔިތުން އިތުރަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“އެއްވެސް ބޭފުޅަކު ކަނޑު ދަތުރު ނުކުރަން އިލްތިމާސް ކުރަން.” ޑިފެންސް މިނިސްޓާރ ވިދާޅުވި އެވެ. “ﷲ ގެ ރަހްމަތްފުޅުން ކޮޅިގަނޑު ދަތުރު ކުރަމުންދަނީ ރާއްޖެއާއި ދުރަށް”

މިނިސްޓަރ ވަނީ ޔެލޯ އެލާޓް ނެރެފައި އޮއްވާ ކަނޑު ދަތުރު ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ. އަދި މިހާރު ކަނޑުމައްޗައް ނިކުމެފައިވާ ދޯނިތަކެއް ވާނަނަމަ އެދޯނިތައް ވީ ހިސާބެއް އަވަހަށް ކޯސްޓު ގާޑަށް އެންގުމަށްވެސް މިނިސްޓާރ އިލްތިމާސް ކުރެއްވެވިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*