މޫސުމް ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނިލަންދޫގައި ފެން ބޮޑުވެއްޖެ

ފެންބޮޑުވުމުގެ ސަބަބުން ކޯރު ކެނޑުމުގެ މަސައްކަތް ބަޔަކު މިއަދު ކުރަނީ. (ފޮޓޯ: ކިޔުންތެރިއެއް)

ރޭ މެންދަމުން ފެށިގެން ގިނަ ޢަދަދަކަށް ވާރޭ ވެހުމުގެ ސަބަބުން ނިލަންދޫގައި ފެން ބޮޑުވެއްޖެއެވެ. ނިލަންދޫ ރަށު ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ބައެއް މަގުތަކުގައި ފޫޓަކަށް ފެން ބޮޑުވެފައިވެއެވެ.

ފެންބޮޑުވެ، ރައްޔިތުންގެ މުދަލަށް ގެއްލުން ލިބެމުން ދިއުމާއެކު ރައްޔިތުންގެ މުވައްޒަފުންނާއި ބައެއް ރައްޔިތުން ނުކުމެ ރަށުގެ އެކި ދިމާތަކުން ކޯރު ކެނޑުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރައްޔިތުންގެ ބޮޑު ޕަންޕެއް ބޭނުންކޮށްގެން ވެސް ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*