100 ދުވަސްތެރޭގައި ނިލަންދޫ ރަށު ކައުންސިލުން ކުރީ ކޮންކަމެއް؟

މައިޒާނުގައި ބޭއްވި ހަފްލާއެއްގެ ތެރެއިން

ނިލަންދޫ ރަށު ކައުންސިލަކީ “ވާވެފައިވާ” ތަނެއްގެ ގޮތުގައި ކައުންސިލްގެ ފުރަތަމަ ދެ ދައުރުގައިވެސް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ސިފަކުރަމުން ގެންދިޔައެވެ. އެކަމާއިގުޅިގެން ލާމަރުކަޒީ ނިޒާމާއިމެދު ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލި ކައުންސިލަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ކަންއެހެން އޮތުމާއެކު، މިހާރުގެ ނިލަންދޫ ރަށު ކައުންސިލަށް ހޮވިފައިވަނީ އެސަގާފަތް ބަދަލުކޮށް ރައްޔިތުން ބޭނުންވާ ބަދަލު ދައްކުވައިދޭނެކަމަށް ވަކާލާތު ކުރެއްވި ބޭފުޅުންތަކެކެވެ. ޚާއްސަ ގޮތެއްގައި ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙަންމަދު ޖަލީލުއާއި ނައިބު ރައީސް ޢަލީ މުޙަންމަދެވެ.

ކައުންސިލް ހޮވުމާއެކު، މިބޭފުޅުންގެ ފަރާތުން އެހެން ތަފާތެއްވެސް ފެނިގެން ދިޔައެވެ. 100 ދުވަހުގެ ޕްލޭނެއް އެކުލަވާލައި، އެކަން ރައްޔިތުންނަށް އިޢުލާން ކުރުމެވެ. އެ ޕްލޭންގެ ތެރެއިން ހާޞިލްވީ ކަންކަމަށް ބަލާލުން މުހިންމެވެ. އެގޮތުން ކުރެވިފައިވާ ކަންކަމަކީ:

  1. މިސްކިތްތަކުގެ ކާޕެޓް ދޮވުން
  2. ދީނީ ނަސޭހަތް ދިނުމުގެ ޙަރަކާތް ހިންގުން
  3. ފެހުމުގެ އަސާސީ ކޯހެއް ހިންގުން
  4. ދަތުރުވެރިންނަށް ވާރޭފެން ލިބޭނެ ތިންތިޒާމް ހަމަޖެއްސުން
  5. ބަނދަރުގައި ނަގިލިނުލައި ދޯނިފަހަރު އެޅޭނެ އިންތިޒާމް ހަމަޖެއްސުން
  6. އައިޑީކާޑު ނިލަންދޫ ރަށު ކައުންސިލުން ހެދޭނެ އިންތިޒާމް ހަމަޖެއްސުން
  7. ގޮނޑު ދޮށާއި މޫދުތެރެ ސާފުކުރުމުގެ ޙަރަކާްތް ހިންގުން
  8. މުވައްޒަފުންނަށް އަމާޒުކޮށް ލައިފް ސްކިލް ފްރޮގްރާމް ހިންގުން
  9. ރަށު ފެންބޮޑުވާ މަގުތަކަށް ވެލިއެޅުން
  10. މަޝްވަރާކޮމެޓީ އެކުލަވާލާ އިފްތިތާޙްކުރުން
  11. ނަމާދުކުރަން ދަސްކޮށްދޭ ކްލާސް ހިންގުން
  12. ކުނި އުކާލުމަށް ރަށު ޕިކަޕްގެ 4 ޕިކަޕް ގެނައުން
  13. ރަށުގައި އުފެދޭ ކުނި ކަލެކްޓް ކުރުމަށް ރަށުގެ އެކި ސަރަޙައްދުގައި ޑަސްޓްބިން ބެހެއްޓުން
  14. ރައްޔިތުންގެ މުއައްސަސާތައް އެޑިޓްކުރުން
  15. ނިލަންދޫގެ އިރުމަތީ ފަރާތުގައި މަލްޓި-އެކްޓިވިޓީ މައިޒާނެއް ހެދުން
  16. އެކި ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ގެނެސް ޚިދުމަތް ދިނުން
  17. ކައުންސިލްގެ ރަސްމީ ވެބްސައިޓް ހެދުން
  18. ޕެސްޓް ކޮންޓްރޯލް ކުރުމާއި މަދިރި ނައްތާލުމުގެ 2 ޕްރޮގްރާމް ހިންގިފައިވޭ
  19. ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކުރާ މީހުން މޫދަށް އެރުމަށް ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ރަށަށް ޒިޔާރަތްކުރާ ގެސްޓުން އަތުން ފައިސާ ލިބޭގޮތަށް ހަމަޖައްސާފައިވޭ، އަދި އެ ފައިސާ މިހާރު ކައުންސިލަށް ލިބެމުންދޭ
  20. ސަލާމު މިސްކިތު އުތުރުފަރާތު މަގު ފުޅާކޮށް މަގުގެ އަޑިގުޑަން ފިލުވައި ފަސްގަނޑު އެއްވަރުކޮށް، އެ ސަރަޙައްދުގައި ހުރި ގަސްބުޑުތަކާއި ރުއްބުޑުތައް ނަގައި ސަރަޙައްދު ސާފުކޮށްފައިވޭ
  21. ކައުންސިލްގެ މަޢުލޫމާތު ޢާއްމު ކުރުމަށް ރަށުގެ 5 ސަރަޙައްދެއްގައި 5 ޓީވީ ބަހައްޓައި އެ ޓީވީ ތަކުގައި ކައުންސިލްގެ މަޢުލޫމާތު ޢާންމުކުރަމުން ގެންދޭ
  22. ރަށު ކައުންސިލުން ބަލަހައްޓަންޖެހޭ މަގު ފާހަގަކުރާ ގާފޮޅުތަކާއި ޕާކު ފާރުތަކުގެ 99 އިންސައްތަ ގާފޮޅު މަރާމާތުކޮށް ކުލަލެވިފައިވޭ
  23. ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުތަކުގައި ހުރި ގަސްތަކުގެ ގޮފިތައް ކޮށައި ނިންމާފައިވޭ
  24. ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މަސައްކަތު އަޚުލާޤް ޕްރޮގްރާމެއް ހިންގާފައިވޭ!
  25. އެކި ދާއިރާތަކުން ރަށަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ތަޢުލީމީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކައުންސިލްގެ ނަމުގައި އެވޯޑް ދިނުމަށް ހަމަޖައްސައި އެކަމާބެހޭ އުޞޫލު 2017 ސެޕްޓެންބަރު 10 ވަނަ ދުވަހުވަނީ ޢާއްމުކޮށްފައެވެ.
  26. އަލްޙާ ޢީދު ފާހަގަކުރުމަށް ކުޅިވަރު މުބާރާތްތަކެއް ހިންގުން
  27. ފިތުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން
  28. އެންމެ އަލިގަނދަތަރިއަށް ކުލަގަދަ މަރުޙަބާއެއް ދެންނެވުން
  29. ކުނި ނައްތާލުމަށް، ކުނިތައް ތިލަފުއްޓަށް ބޭރުކުރުން
  30. ޙިފްޒުކުލާސް ފެށުން
  31. ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޙަރަކާތެއް ހިންގުން
  32. ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ޕްރޮގްރާމް ހިންގުން
  33. އަތޮޅު ކައުންސިލް ކުރިމަތީގައި ޕާކިންގ ޒޯންއެއް ހެދުން
  34. އާސާރީ ސަރަޙައްދުގައިވާ ” ވެޔޮ “ ޙިމާޔަތްކުރުމަށް ވަށައިގެން ދަގަނޑު ހޮޅިޖަހައި ދާ ދަމައި ހިމާޔަތްކުރުން
  35. މަގުތަކުގައި ބައްތިޖެހުމަށް ބޭނުންވާ ބައްތި ހޯދުމަށް ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން -/300,000 ރުފިޔާ ހޯދައި އޭގެ ތެރެއިން މަގުބައްތީގެ 330 ލެޑްލައިޓް ގެނެވިފައިވޭ. އަދި އިތުރަށް ސަޕްލައި ހޯދުމުގެ މަސައްކަތްވެސް ކުރަމުން އެބަގެންދެވޭ.
  36. ބަނދަރުގެ 4 ސަރަޙައްދެއްގައި 4 މީޓަރު ބަހައްޓައި ވަޅުފެން ވިއްކުމުގެ އިންތިޒާމު ހަމަޖެއްސިފައިވޭ!
  37. އާސާރީ ސަރަޙައްދުގެ ތެރެއިން މަގެއް ކެނޑިފައިވޭ!
  38. ނަރުދަމާ ނިޒާމުގެ މަރާމާތަށް ބޭނުންވާ ތަކެތި ހޯދުމަށް ސަރުކާރަށް ހުށަހަޅައިގެން 12 ލައްކަ ރުފިޔާއަށްވުރެ ގިނަ ފައިސާ ލިބިފައި.

ތަފާތު އެހެންނޫންތޯއެވެ؟ ރައްޔިތުންނަށް ފުރިހަމަށް ޚިދުމަތްދެއްވާ ކައުންސިލެއް މިހާރު އޮތްކަމުގެ އިހްސާސް ނިލަންދޫގެ ގިނަ ރައްޔިތުން މިއަދު ދަނީ ކުރަމުންނެވެ.

އައްސަރިބަހެވެ. ސާބަހެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*