ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީފިލާ ޝާފިއުއަށް

ޝާފިއުއަށް ހަނދާނީ ފިލާ ރައީސް ދެއްވަނީ

ޤައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީދު ޖަވާދު ޢުމަރުގެ ހަދާނީ ފިލާ ފ.ނިލަންދޫ ފާޒިރާމަންޒިލް އަޙްމަދު ޝާފިއު ޙާސިލްކުރައްވައިފިއެވެ.

ޝާފިއު މި އެވޯޑް ޙާސިލް ކުރައްވާފައިމިވަނީ މާލޭގެ ހުޅަނގުފަރާތު މޫދަށް ގެނބެމުންދިޔަ މަންމައަކާއި އޭނާގެ ކުޑަ ދަރިފުޅު މޫދަށް ފުންމާލައިގެން ހިތްވަރު ގަދަކަމާއެކު ސަލާމަތްކޮށްފައިވާތީއެވެ. ޝާފިއުވަނީ ސްކޫލް ދައުރުގައިވެސް ވަރަށް މުރާލި، ހިތްވަރު ގަދަ އަކި ކިޔެވުމަށް މޮޅު ދަރިވަރެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ. މިހާރު އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ މޯލްޑިވްސް ޕޮލީސް ސަރވިސްގައެވެ.

ޝާފިއު ހާމަކުރައްވާފައިވާ ގޮތުގައި އޭނާއަށް މިފަދަ ހިތްވަރެއް ލިބުނީ ސްކައުޓުގެ ޙަރަކާތުގެ ތެރެއިންނެވެ. މިވަގުތު އޭނާ ގެންދަވަނީ ރާއްޖޭން ބޭރުން މަތީ ތަޢުލީމް ޙާޞިލް ކުރައްވަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*