ތެއު ފިހާރައިގެ އާމްދަނީން ބޮޑު ބައެއް “ގެއްލިފައިވާކަމަށް” ދައްކައިފި

ފ.ނިލަންދޫ ރައްޔިތުންގެ ތެއުފިހާރައިގެ އާމްދަނީގެ ތެރެއިން ބޮޑު ބައެއް މީގެ ކުރީގެ އަހަރުތަކުގައި ގެއްލިފައިވާކަމަށް ތެއުފިހާރަ، އައްޑަނައިގެ ހިސާބުތަކުން ދައްކައިފިއެވެ. މިކަމެއް އެނގިފައި މިވަނީ ފާއިތުވެދިޔަ އޮކްޓޫބަރު މަހުގެ ހިސާބުތައް ރަށު ކައުންސިލުން ނެގި ހިސާބުންނެވެ. އޮކްޓޯބަރ މަހުގެ ހިސާބުތައް ދައްކާގޮތުން، ސާފުފައިދާގެ ގޮތުގައި ތެއު ފިހާރައަށް 77،000 ރުފިޔާ ލިބިފައިވެއެވެ.

އިތުބާރުހުރި ގޮތަކަށް ނިލަންދެއަށް އެނގިފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ އޮޑިޓުން ދައްކާގޮތުގައި އައްޑަނަ ފިހާރައަށް ސާފު ފައިދާގެ ގޮތުގައި މުޅި އަހަރު ދުވަހަށް ލިބިފައިވާކަމަށް ހިސާބުތަކުން ދައްކަނީ ގާތްގަނޑަކަށް 207،000.00 ރުފިޔާއާއި ގާތްކުރާ ޢަދަދެކެވެ. މަހެއްގެ މައްޗަށް ބަލާނަމަ، މިއީ އެވްރެޖުކޮށް މަހަކަށް 17،250.00 ރުފިޔާއެވެ.

މި ޢަދަދުތަކަށް ބަލާއިރު މަހެއްގެ މައްޗަށް ގާތް ގަނޑަކަށް 60،000.00 ރުފިޔާ، 2016 އަހަރާއި އޭގެ ކުރީ އަހަރުތަކުގައި މިވަނީ ގެއްލިގެން ގޮސްފައެވެ. މިދުވަސްވަރަކީ ބަނދަރުގެ މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ހީނަރުކަން އައިސްފައިވާ ދުވަސްވަރެއް ކަމަށްވުމުން، “ގެއްލިފައިވާ” ޢަދަދު މިއަށްވުރެ ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް މި މަޢުލޫމާތު ރަނގަޅަށް އެނގޭ ބޭފުޅަކު ނަންނުޖެހުމަށް ޝަރުތުކޮށް ހާމަކުރެއްވިއެވެ.

މީގެ އިތުރުން، މިހާރުގެ ރަށު ކައުންސިލްގެ މެންބަރަކާއި ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ތެޔޮ އަޅަން ޖެހި އޯޑަރަކަށް އެއްފަހަރަކު ތެޔޮ އަޅާފައިވާއިރު، އަޅާފައިވަނީ 1800 ލީޓަރު މަދުން ކަމަށްވެސް މިހާރުވަނީ ފަޅާއަރާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*