އަމިއްލަ ފައިމައްޗަށް ތެދުވެ ޢާއިލާ ބަލަހައްޓާ ޒުވާނުންތަކެއް ދެކެން ބޭނުން – އެމްޕީ ޑރ.ޚަލީލު

????????????????????????????????????

އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ޢާއިލާ ބަލަހައްޓާ ޒުވާނުންތަކެއް ނިލަންދޫ އިން ދެކެން ބޭނުންވާ ކަމަށް ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޑރ.ޚަލީލު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވެހުގެ ރޭ ނިލަންދޫ ޕީޕީއެމް ޖަގަހައިގާ ނިލަންދޫ ޒުވާނުންނާއި ބައްދަލުކުރަށްވަމުން އެމްޕީ ޑރ.ޚަލީލު ވިދާޅުވީ މުޖުތަމަޢުގެ 35 ޕަސެންޓް ޒުވާނުން ހިއްޞާ ކުރާ ކަމަށާއި، ޒުވާނުންނަކީ އެ މުޖުތަމަޢުއެއްގެ އިންޖީނު ކަމަށެވެ. އަދި އިންޖީނު ހަލާކުވެދިޔަ ނުދީ ބެހެލެއްޓުމަށް ހުރިހާ ޒުވާނުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެމްޕީ ޚަލީލު ވިދާޅުވީ ނިލަންދޫގެ ކޮންމެ ދާއިރާއަކަށް ބަލާލި ނަމަވެސް އެތަކެއް ފުރުޞަތުތަކެއް މިހާރު ނިލަންދޫ ޒުވާނުންނަށް އަމިއްލަ ރަށުން ހުޅުވިފައިވާ ކަމަށާއި، އެފުރުޞަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ދަސްކުރަންވާނެ ކަަމަށެވެ. އަދި އެޒުވާނަކު ކުރިއަށް ދާން ބޭނުން ކޮށްމެ ދާއިރާއަކުން ކުރިއަށް ދިއުމަށް ހިއްވަރާއިއެކު މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ހުރި ފުރުޞަތުތަކަށްވުރެވެސް އިތުރު ފުރުޞަތުތައް ނިލަންދޫ ޒުވާނުންނަށް ރައީސް ޔާމީންގެ ސަރުކާރުން ހުޅުވާލާނެ ކަމަށްވެސް އެމްޕީ ޑރ.ޚަލީލު ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ނިލަންދޫ އެއަރޕޯޓް މަޝްރޫޢު ފާހަގަ ކުރައްވަމުން އެމްޕީ ޑރ.ޚަލީލު ވިދާޅުވީ އެއަރޕޯޓާއިއެކު ވަރަށް ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އޮންނާނެ ކަމަށެވެ. އަދި އެއަރޕޯޓާއި ގުޅިގެން ސީދާ ގޮތުންނާއި ނުސީދާގޮތުންވެސް އިތުރު އެކި މަޝްރޫޢު ތަކާއި ވިޔަފާރިތައް ރަށަށް އަންނާނެ ކަމަށާއި، އެކަމުގެ ހުރިހާވެސް މަންފާއަކާއި ފައިދާއެއް ހުރީ ޒުވާނުންނަށް ކަމަށެވެ.

އަދި އެއަރޕޯޓާއި ރަށަށް އަންނަ ތަނަވަސްކަމާއިއެކު ޒުވާނުންގެ ހިއްސާ ބޮޑުކޮށް ޢާއިލާތަކުގެ ދިރިއުޅުމުގެ ޢާއްމު ޙާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް އެމްޕީ ޑރ.ޚަލީލު ޒުވާނުންގެ ކިބައިން މިބައްދަލުވުމުގައި އެދިވަޑައިގެންނެވި އެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*