އޮޑިޓް 2016: އައްޑަނަ ފިހާރައިން 1.1 މިލިޔަން ރުފިޔާގެ ގެއްލުން

2016 ވަނަ އަހަރުގެ ތެލުގެ ފައިދާ 2 ލައްކަ ރުފިޔާގައި

ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ

ނިލަންދޫ ރައްޔިތުންގެ މާލިއްޔަތު އޮޑިޓްކުރުމަށްފަހު އޮޑިޓް ރިޕޯޓް މަޝްވަރާ ކޮމެޓީއަށް އޮޑިޓަރުން ހުށަހަޅައިފިއެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން ރައްޔިތުންގެ އައްޑަނަ ފިހާރައިން 9 ލައްކަ ރުފިޔާގެ ގެއްލުމެއް 2016 ވަނަ އަހަރުގައިވަނީ ވެފައެވެ. ނަމަވެސް އައްޑަނަ ފިހާރައިގެ ކުލި ހިމެނުމުން ގެއްލުމުގެ ނިސްބަތް 1.1 މިލިޔަން ރުފިޔާއަށްވަނީ އަރައިގެން ގޮސްފައެވެ.

މީގެ އިތުރުން އެންމެ ފައިދާ ބޮޑުވާނެކަމަށް ބެލެވުނު ތެޔޮ ފިހާރައިން 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބިފައިވަނީ އެންމެ 2 ލައްކަ ރުފިޔާއެވެ. ފާއިތުވެ ދިޔަ އަހަރު ތެޔޮ ވިއްކާފައިވާ ނިސްބަތާއި އަަގަށް ބަލާއިރު ވަރަށް ބޮޑެތި ޚިޔާނާތް މިކަމުގައި އެކުލެވިފައިވާކަމަށް ފާހަގަކުރެވެއެވެ.

އޮޑިޓަރުން އިތުރަށް ބެލި ތަންތަނުގެ ތެރޭގައި އިންޖީނުގޭގެ ފައިދާގެ ގޮތުގައި 3.2 މިލިޔަން ރުފިޔާ ދައްކައެވެ. ނަމަވެސް އެއީ ނަރުދަމާ ނިޒާމުގެ ކަރަންޓްފައިސާ ހޯދުމަށް ސަރުކާރަށް ކޮށްފައިވާ ގާތްގަނޑަކަށް 2 މިލިޔަން ރުފިޔާވެސް ހިމަނައިގެންނެވެ. ސަރުކާރުގެ ސިޔާސަތަށް އައިސްފައިވާ ބަދަލާއެކު ރައްޔިތުން ޔުޓިލިޓީގެ ޚިދުމަތް ދޭ ރަށްރަށުގެ ނަރުދަމާ ނިޒާމުގެ ކަރަންޓްބިލް ދޫނުކުރުމަށްވަނީ ނިންމާފައެވެ.

އޮޑިޓަރުން އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ނިލަންދޫ ރައްޔިތުންގެ މާލިއްޔަތުގެ އިންވެންޓްރީ އެއްގޮތަށްވެސް ބަލަހައްޓާފައި ނެތުމުން، ލިބުނު ގެއްލުމުގެ ފައިދާއާއި ގެއްލުން ވަޒަންކުރަން ވެސް ދަތިވެއެވެ. މިސާލެއްގެ ގޮތުން އިންޖީނުގެއަށް އިންޖީނެއް ގަތްކަމާއި، ގަތްތާރީޚާއި، ގަތް އަގުފަދަ މުހިންމު މައުލޫމާތު އެނގެން ނެތުމުން، އެ އިންޖީނު ނިސްބަތުން “ޑިޕްރިޝިއޭޓް” ކުރެވޭނެ ގޮތެއް ނެތެވެ. އެއްވެސް މުދަލެއްގެ ޑިޕްރިސިއޭޝަން މިފަދަ މައްސަލަތަކުގެ ސަބަބުން ހިމެނިފައެއް ނެތެވެ.

ނިލަންދޫ ރައްޔިތުންގެ ވިޔަފާރި ފަށާފައިވަނީ އެ ވިޔަފާރި ފެށުމާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއެއް ނެތި، ގާތްގަނޑަކަށް 2.5 މިލިޔަން ރުފިޔާ ކުރީގެ ކައުންސިލުން ޚަރަދުކޮށްފައެވެ. ފެށުމަށް ޚިޔާލުކުރި ދުވަސްވަރު ނިލަންދޫގެ އިސްސަފުގައި ހިމެނޭ އެތައް ބަޔަކު އަދި ޒިންމާދާރު ވަޒީފާތަކުގައި ތިއްބެވި އެތައްބަޔަކު އެކަން ނުކުރުމަށް އޭރުގެ ކައުންސިލަށް އިލްތިމާސް ކުރިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*