ބޭސްފިހާރައިގެ ގޮތުގައި ބޭނުންކުރި ޢިމާރާތް ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބަށް ކުއްޔަށް ދީފި

ބޭސްފިހާރައިގެ ގޮތުގައި ބޭނުންކުރި ނިލަންދޫ ރައްޔިތުންގެ ޢިމާރާތް ފ.އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބަށް ރަމްޒީ ކުއްޔަކަށް ދޫކޮށްލައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބުން މި ޢިމާރާތް ބޭނުންކުރާނީ ރަށުން ބޭރުން އަންނަ ޑޮކްޓަރުންނާއި ނަރުހުންގެ އެކަމަޑޭޝަން ބޮލޮކެއްގެ ގޮތުގައެވެ. މީގެ އިތުރުން ހޮސްޕިޓަލަށް އަންނަ ބަލިމީހުންނާއި ބަލިމީހުންގެ އެހީތެރިން ތިބޭނެ ތަނެއްގެ ގޮތުގައިވެސް އެތަން ބޭނުންކުރުމަށް ރާވާފައިވެއވެ.

ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބުގެ ފަރާތުން ހޮސްޕިޓަލްގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ހޮސްޕިޓަލް ގޯތީގެ ދެކުނު ކޮޅުގައި ޢިމާރާތެއް އަޅާއި، މީޓިން ހޯލަކާއި، ފިޓްނަސް ސެންޓަރެއްގެ ޚިދުމަތް ގާއިމްކޮށްފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*