އޭކޭ ފައުންޑޭޝަން ބައިނަލްއަގުވާމީ މައިދާނަށް

އެއީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަސްތެރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކެންޕެއިން އެންމެ ފޯރީގައި ހިނގަމުން ދިޔަ ދުވަސްވަރެވެ. އޭރުގެ ކެންޑިޑޭޓް ޢަބުދުﷲ ޚަލީލުގެ ކެންޕެއިން ޖަލްސާއެއްގައި ވިދާޅުވި ބަސް މިއަދުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުއްޓެވެ.

“ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ގޮނޑީގައި އިންނަ ބޭފުޅަކު ކަންކުރަންވީ ގޮތް އަޅުގަނޑު ހޮވިއްޖެނަމަ ދައްކަދޭނަން” މި ބަހެވެ.

މިއަދު އޭނާގެ މި ބަހާއި ވަރަށް ގިނަ ބަޔަކު އެއްބަސްވާނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ކުރައްވާ މަަސައްކަތްތަކުގެ އިތުރުން، އަމިއްލަ ނަންފުޅުގައި ފައުންޑޭޝަނެއް ހައްދަވައިގެން ޑރ.ޚަލީލް ގެންދަވަނީ މަސައްކަތްޕުޅު ކުރައްވަމުންނެވެ. ޢަބުދުﷲ ޚަލީލް (އޭކޭ) ފައުންޑޭޝަންއެވެ.

އޭކޭ ފައުންޑޭޝަން ވެގެން ގޮސްފައިވަނީ މި ފަހަކަށް އައިސް ފ.ނިލަންދޫގައި އުފެދުނު އެންމެ ޙަރަކާތްތެރި ޖަމްޢިއްޔާއަށެވެ. ޒުވާނުންގެ ކުރިއެރުމަށް ތަފާތު އެކިއެކި ކުޅިވަރު މުބާރާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ފުޓްސަލް އަދި ވޮލީ މުބާރާތް ފައުންޑޭޝަންގެ ނަމުގައި ހިންގަމުން ގެންދެއެވެ.

މީގެ އިތުރުން ކްލަބް ޖަމްޢިއްޔާތަކަށް ތަފާތު އެހީތައް މެދުނުކެނޑި ދެމުން ގެންދެއެވެ. އެންމެ ޚާއްސަކަމަކީ އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް ދީލަތިކަމާއެކު ދެވޭ އެހީތަކެވެ.

ނަތީޖާ ރަނގަޅެވެ. ފައުންޑޭޝަންގެ މެނެޖްމަންޓުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކުވޭތު ސަރުކާރުގެ ބޮޑު އެހީއެއް ފައުންޑޭޝަނަށް ލިބޭގޮތްވަނީ ވެފައެވެ. ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢިމާރާތެއް ކުރުމަށް 2 ލައްކަ ޑޮލަރުގެ އެހީއެއް ދޭގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. ފައުންޑޭޝަންގެ އިސް ބޭފުޅަކު ހާމަކުރެއްވި ގޮތުގައި އެ އެހީ ހަމަޖެހިފައިމިވަނީ އެކަމަށް މަސައްކަތް ކުރާތާ ގާތްގަނޑަކަށް ދޮޅު އަހަރު ފަހުންނެވެ.

ދުނިޔޭގެ އެންމެ މުއްސަދި އެއްގައުމުން މިފަދަ އެހީތެރިކަމެއް ލިބުމަކީ އާދައިގެކަމެއް ނޫނެވެ. ޑރ.ޚަލީލް ވިދާޅުވާ ގޮތުގައި މި މަސައްކަތުގައި ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ކޮންމެއަކަސް މިއޮތީ އަނެއްކާވެސް މެންބަރެއްގެ ފަރާތުން ނުފެންނަވަރުގެ މޮޅުކަމެއް ކޮށްފައެވެ. ފައުންޑޭޝަނަށް ސާބަހެވެ. އޭކޭއަށް ސާބަހެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*