ފެންބޮޑުވާ މަގުތަކަށް ވެލި އެޅުމުގެ މަސައްކަތްކޮށްފި

މަގުތަކަށް ވެލިއެޅުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ: ނިލަންދޫ ރަށު ކައުންސިލް)

ނިލަންދޫގެ އިރުވައިކޮޅުގައި ވާރޭވެހި ފެންބޮޑުވާ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން އިއްޔެއާއި މިއަދު އެ މަގުތަކަށް ވެލި އެޅުމުގެ މަސައްކަތް ކޮށްފިއެވެ.

ނިލަންދޫ ރަށު ކައުންސިލުން އިސްނަގައިގެން ހިންގާ މި މަސައްކަތުގައި އިއްޔެ މަސައްކަތް ކޮށްފައިވަނީ ފ.އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންނެވެ. މިއަދު މިސައްކަތުގައި އަތޮޅު ކައުންސިލާއި، ގެންޑާގެ އޮފީހާއި، ނިލަންދޫ މެޖިސްޓްރޭޓް ކޯޓާއި، އެސްޓީއޯ ފާމަސީގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*