ބެޑްމިންޓަންގައި އަންހެނުންގެ ބައިވެރިވުމާއި ގުޅޭގޮތުން ބޭއްވި ފޯރަމްގައި އައިންތު ބައިވެރިވެއްޖެ

އައިންތު (ވ4): ބެޑްމިންޓަން އޭޝިޔާ ފޯރަމްގެ ބައިވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. (ފޮޓޯ: އެފްބީ)

އޭޝިޔާގެ 43 ގައުމު ބައިވެރިވާ ބެޑްމިންޓަން ފެޑެރޭޝަން، “ބެޑްމިންޓަން އޭޝިޔާ”ގެ ފަރާތުން މެލޭޝިޔާގެ ކުއާލާ ލަންޕޫރުގައި ބޭއްވި ބެޑްމިންޓަން ފޯރަމްގައި ރާއްޖޭގެ ފަރާތުން ފ.ނިލަންދޫ، ޕާމްލޮޖް، އާމިނަތު ޢަލީ (އައިންތު) ބައިވެރިވެރިވެއްޖެއެވެ. މި މަހު 20-21 އަށް ބޭއްވި ފޯރަމް ޚާއްސަކޮށްފައިވަނީ ބެޑްމިންޓަންގައި އަންހެނުން ބައިވެރިވުމާއި ގުޅޭގޮތުންނެވެ.

ނިލަންދެއަށް އެނގިފައިވާ ގޮތުގައި ބެޑްމިންޓަން އޭޝިޔާގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކޯޑިނޭޓަރަކަށް އައިންތު ވަނީ ހަމަޖައްސާފައެވެ.

ބެޑްމިންޓަން ކުޅުމުގެ އިތުރުން، ރާއްޖޭގެ އެންމެ މޮޅު ނަން މަޝްހޫރު ބެޑްމިންޓަން ރެފްރީންގެ ތެރޭގައި އައިންތު ހިމެނެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*