އިރުމަތީ މައިޒާން ހަދާ ސަރަހައްދު ސާފުކުރަން ފަށައިފި

ފ.ނިލަންދޫ އިރުމަތީ ކޮޅުގައި މައިޒާން ހަދާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ނިލަންދޫ ކައުންސިލުން މިއަދު ފަށައިފިއެވެ. މިއަދުގެ މި މަސައްކަތުގައި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި، ރަށުގެ ބައެއްފަރާތްތަކާއި އަދި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަތީ ކްލާސްތަކުގެ ދަރިވަރުން ބައިވެރިވެއެވެ.

މައިޒާން ހަދާ ސަރަޙައްދު ސާފުކުރުމުގެ އިތުރުން، އެތަނުގައި ބަހައްޓުމަށް ބައެއްތަކެތި ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިޔަށެވެ. އެގޮތުން އެތަނުގައި ބަހައްޓާނެ ގޮނޑިތައް ހެދުމުގެ މަސައްކަތް އަޙްމަދު ޝިޔާމުގެ ބެލުމުގެ ދަށުން މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ.

އިރުމަތީ ކޮޅުގައި މައިޒާނެއް ހެދުމަކީ ކައުންސިލްގެ 100 ދުވަހުގެ ޕްލޭންގައި ހިމެނިގެން ކުރަމުންގެންދާ މަސައްކަތެކެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*