ނިލަންދޫ ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕަށް ޓީޗަރަކު ހޯދަން އިޢުލާންކޮށްފި

ފ.ނިލަންދޫގައި ހުރި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕަށް ރިސޯސް ޓީޗަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

އިޢުލާންގައިވާ ގޮތުން ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް އޮތް ފަރާތެއްނަމަ، 50 މިނިޓްގެ ގަޑިއަކަށް 200 ރުފިޔާ އަދި ލެވެލް 7 އިން މަތީގެ ސަނަދެއް އޮތްނަމަ 50 މިނިޓްގެ ގަޑިއަކަށް 250 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ވަޒީފާއަށް ކުރިމަތިލާފަރާތަކީ ޤުރުއާން މުދައްރިސްކަމުގެ ރޮނގުން ދަށްވެގެން ޑިޕްލޮމާ (ލެވެލް 5) ގެ ސެޓްފިކެޓެއް އޮތް ނުވަތަ ޓީޗިންގ ސެޓްފިކެޓާއިއެކު ޤުރުއާނުގެ ރޮނގުން އެޑްވާންސް (ލެވެލް 4) ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތަކަށްވާންވާނެއެވެ.

މި ވަޒީފާއަށް ނެގުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓް އުސޫލުން 2 އަހަރުގެ މުއްދަތަކަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޤުރުއާނާއި ބެހޭ މަރުކަޒަށް ސިޓީފޮނުއްވުމަށް އެދިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނިލަންދޫގައި ޤުރުއާން ކިޔެވުމުގެ ޑިގްރީ ކޯސް ފެށުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*