އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނު ހަދައިފި

ޑީޓެކްގެ ޓެކްނީޝަނުން އިންޖީނު ހަދަމުން ގެންދާއިރު ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މަސައްކަތް ބައްލަވާލައްވަނީ

ނިލަންދޫ އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނަށް ދިމާވި މައްސަލަ ނިލަންދޫ ކައުންސިލުން މިއަދު ޙައްލުކޮށްފިއެވެ.
ނިލަންދެ އަށް އެނގިފައިވާ ގޮތުގައި އިންޖީނަށް މި މައްސަލަތައް ދިމާވެފައިވަނީ މީގެކުރިން އެއިންޖީނު މަރާމާތު ކުރުމުގައި ފަރުވާކުޑަވެ، އިންޖީނުގައި ކަރަންޓް ނަގާ މޯޓަރު ހަރުކުރިއިރު އެލައިން ނުކުރެވި ހުރެ އެދެމެދު ހަރުކޮށްފައި ހުންނަ ފޮތިތައް ހަލާކުވުމުގެ ސަބަބުންނެވެ.
ނިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ބޭފުޅަކު ހާމަކުރެއްވި ގޮތުގައި މި ފޮތިތައް ހަލާކުވުމަކީ އިންޖީނުތަކަށް ވަރަށް މަދުންނޫނީ ދިމާވާ މައްސަލައެއް ނޫނެވެ.
މާދަމާ މެންދުރު ކުރީގެ ވަގުތެއްގައި އިންޖީނު ޓެސްޓަށް ހިންގާގޮތަށްވަނީ ހަމަޖެހިފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*