ނިލަންދޫ ރަށު ކައުންސިލްގެ ބޮޑު ބައްދަލުވުން 28 ޖުލައިގައި ބާއްވަނީ

ނިލަންދޫ ރައްޔިތުންނާއެކު ބޮޑު ބައްދަލުވުމެއް ބާއްވާގޮތަށް ނިލަންދޫ ރަށު ކައުންސިލުން ހަމަޖައްސާ އިޢުލާންކޮށްފިއެވެ. ނިލަންދޫ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، އެ ބައްދަލުވުމުގައި 2018 ވަނަ އަހަރުގެ ބަޖެޓާއި، މަސައްކަތު ތާވަލް ރައްޔިތުންނާ ޙިއްސާކުރުން އޮންނާނެއެވެ.

މީގެ އިތުރުން ނިލަންދޫ ކައުންސިލްގެ ރަސްމީ ވެބްސައިޓުވެސް ހަމަ މި ބައްދަލުވުމުގައި އިފްތިތާޙް ކުރުމަށް ވަނީ ހަމަޖެހިފައެއެވެ.

ބައްދަލުވުން އޮންނާނީ 2017 ޖުލައި 28 ވަނަ ދުވަހު ރޭގަނޑު 8:30 ގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައިކަމަށް އެކައުންސިލްގެ އިޢުލާންގައި ހާމަކޮށްފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*