ފ.ނިލަންދޫ ރަށު ކައުންސިލްގެ މަޝްވަރާ ކޮމިޓީ އިފްތިތާޙްކޮށްފި

ފ.ނިލަންދޫ ރަށު ކައުންސިލްގެ މަޝްވަރާ ކޮމިޓީ މިރޭ އިފްތިތާޙްކޮށްފިއެވެ. ކައުންސިލްގެ ރައީސް ރިޔާސަތު ބޭއްވި އިފްތިތާޙް ކުރުމުގެ ބައްދަލުވުން ބާއްވާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓްރެއިނިންގ ހޯލުގައެވެ.

21 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ އެކޮމިޓީގެ ގަވައިދު ބުނާގޮތުން ކޮމިޓީގެ ރިޔާސަތު ބަލަހައްޓާނީ ރަށު ކައުންސިލްގެ ރައީސެވެ. ރައީސް ނެތް ޙާލަތެއްގައި ކައުންސިލްގެ ނައިބު ރައީސްއެވެ.

ނިލަންދޫގައި ހުރި ދައުލަތުގެ ހުރިހާ އިދާރާތަކުންނާއި، ބައެއް އިޖްތިމާޢީ މިންގަނޑުތަކަށް ރިޢާޔަތްކޮށްގެން ނަގާފައިވާ ކޮމެޓީގެ، މައިގަނޑު މަސްއޫލިއްޔަތަކީ ނިލަންދޫގެ ތަރައްޤީއާއި ގުޅުންހުރި ކަންކަމުގައި ކައުންސިލަށް އެހީތެރިވުމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*