އަލިގަދަތަރި މުޙަންމަދުގެ ޝަރަފުގައި ހަފްލާއެއް ބާއްވައިފި

ރޭގެ ހަފްލާގެ ތެރެއިން (ފޮޓޯ: ފޭސްބުކް)

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި މުޙަންމަދު އިސްމާޢީލްގެ ޝަރަފުގައި ނިލަންދޫ ކައުންސިލުން ހަފްލާއެއް ރޭ ބާއްވައިފިއެވެ. މި ހަފްލާއަށް މުޙަންމަދުގެ އާޢިލާގެ އިތުރުން ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

މުޙަންމަދުގެ ޝަރަފުގައި ބޭއްވި މި ބައްދަލުވުމުގައި ބައެއް ފަރާތްތަކުން އޭނާއަށް އިނާމް ދީފައިވެއެވެ. އެގޮތުން އެޗްޕީއެސް ޤުރުއާން ކްލާހުގެ ފަރާތުން ދީފައިވާފައިސާގެ އިނާމުގެ އިތުރުން ދ.މީދޫ އަލަމޫ ލައުންޗްގެ ފަރާތުން އެލައުންޗުން 1 އަހަރު ދުވަސްވަންދެން ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ދީފައިވެއެވެ.

މީގެ އިތުރުން، ފ.ނިލަންދޫ ވޮލީ ޓީމުގެ ފަރާތުން ދެއްވި އިނާމާއި ނިލަންދޫ ކައުންސިލްގެ ފަރާތުން ދެއްވި 10،000 ރުފިޔާ ހިމެނެއެވެ.

ރޭގެ ޙަފްލާގައި ޝޭޚް ޢަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މުޙަންމަދުގެ ޝަރަފުގައި ވަރަށް ކުލަގަދަ ޙަރަކާތްތަކެއް ނިލަންދޫގައި އިއްޔެ ހިންގާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*