ހިނގާބިނގާވެ އުޅޭމީހުނަށް ދަތިވާގޮތަށް އެއްގަލި ކުރިމަތީ މަގުގައި ހުރި ގާތައް ނަގައިފި

އެއްގަލި ގޭގެ ކުރިމަތީ މަގުގައި ހިނގާބިނގާވެ އުޅޭ މީހުމަށް ދަތިވާގޮތަށް ވަޅުލެވިފައިހުރި ގާތައް ނިލަންދޫ ރަށު ކައުންސިލުން އިސްނަގައިގެން މިއަދު ނަގައިފިއެވެ. މި އަދުގެ މަސައްކަތުން އެމަގުގައި ހިނގާއިރު އަޅައިގަންނަ ގޮތަށް ހުރި އެތައް ގަލެއް ނަގައި މަގު ރީތިކޮށްފައިވެއެވެ.

އެ މަގުގައި އެގޮތަށް ގާހުރުމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ބައެއް ފަހަރު ކުދި އަނިޔާތައް ލިބިފައިވެއެވެ. އަދި ހަމައެހެންމެ ދުއްވާ އެއްޗިއްސައްވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބިފައިވެއެވެ.

ތިންވަނަ ދައުރުގެ ނިލަންދޫ ކައުންސިލް ހޮވުމާއެކު، މިފަދަ އެތައް މަސައްކަތެއް ކައުންސިލުން އިސްނަގައިގެން ދަނީ ކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*