
ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި މުޙަންމަދު އިސްމާޢީލް، ގްރީން ހެވަން، ފ.ނިލަންދޫއަށް ވަރަށް ހޫނު މަރުޙަބާއެއް އޭނާގެ އުފަންރަށް، ފ.ނިލަންދޫއަށް ދިއުމުން މިއަދު ކިޔައިފިއެވެ.
ނިލަންދޫގެ ކުދިބޮޑު އެންމެން ކަހަލަގޮތުން ނުކުމެ މުޙަންމަދަށް މަރުޙަބާ ކިޔުމަށް ނިލަންދޫ ކައުންސިލުން ރޭވި ޙަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. އެގޮތުން ސަގާފީ އެތައް ޙަރަކާތެއް ނިލަންދޫގައި މިއަދު ހިންގާފައިވެއެވެ.
މީގެ އިތުރުން މުޙަންމަދުގެ ޝަރަފުގައި ބާއްވާ ޚާއްޞަ ޖަލްސާއެއް މިރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި އޮންނާނެއެވެ. އެ ޖަލްސާގައި މުޙަންމަދަށް އަލިގަދަ ތަރީގެ ލަގަބު ހޯދުމާއެކު، އެކަމުގެ ޝަރަފު ނިލަންދޫ ރައްޔިތުންގެ ފަރާތުން އެރުވުން އޮންނާނެއެވެ.
މުޙަންމަދަށް މަރުޙަބާ ކިޔުމަށް ނިލަންދޫވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ.
ޚިޔާލު ދެއްވުމަށް