ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރިއަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ނިލަންދޫ ރައްޔިތުން ކެތްމަދުވެފައި

ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ގޮތުގައި މިއަހަރު ހޮވިގެންދިޔަ ފ.ނިލަންދޫ ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާޢީލަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް މުޅި ނިލަންދޫ ވަނީ ތައްޔާރުވެފައެވެ. މިއަދުގެ ހަވީރުގެ ވަގުތެއްގައި އުފަން ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ރަށުގެ މަލަމައްޗާއި މުޅި ރަށްކަހަލަ ގޮތަކަށް މިވަނީ ޒީނަތްތެރި ކޮށްފައެވެ. މީގެ އިތުރުން މިިރޭގެ ވަގުތެއްގައި މުޙައްމަދު އިސްމާޢީލްގެ ޝަރަފުގައި ބާއްްވާ ޚާއްސަ ރަސްމިއްޔާތެއް އޮންނާނެކަމާއި، އަދި މި ރަސްމިއްޔާތުގައި ރަށަށް ހޯއްދަވައިދެއްވި ރީތި ނަމަށްޓަައި އެކަމުގެ އަގުވަޒަންކޮށް، ރަށު ކައުންސިލުން ދެއްވާ ފައިސާގެ އިނާމް މުޙައްމަދު އިސްމާޢީލާއި ޙަވާލު ކުރުން އޮންނާނެއެވެ.

IMG_4273

19748791_306221686456338_8719736758352837345_n

ރަށު ކައުންސިލުން އިސްނަގައިގެން މިބާއްވާ ޚާއްސަ އިވެންޓް ކަވަރ ކުރުމަށްޓަކައި ޕީ.އެސް.އެމްގެ ޓީމެއްވެސް ވަނީ މިއަދުގެ ވަގުތެއްގައި ނިލަންދޫއަށް ގޮސްފައެވެ.

19702314_306221733123000_1186295810788110814_n

ރަށަށް ތިޔަ ހޯއްދަވައިިދެއްވި ރީތި ނަމަށްޓަކައި ނިލަންދެ.ކޮމްގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އަލް ޤާރީ މުޙައްމަދު އިސްމާޢިލާއި ޢާއިލާއަށް ދަންނަވަމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*