މީހުން ދިރިއުޅޭ ގެތަކުގެ ކަރަންޓު ބިލުން 75 ޕަސެންޓު އުނިކޮށްދީފި

މިއަހަރުގެ ރޯދަ މަހު ފ. ނިލަންދޫގެ ގޭބިސީތަކުގެ ކަރަންޓު ބިލުތަކުން 75 ޕަސެންޓު އުނިކޮށްދިނުމަށް ނިންމާފައިވާކަމަށް ނިލަންދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ރަށު ކައުންސިލްގެ ނައިބް ރައީސް އަލީ މުހައްމަދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ނިލަންދޫ ރައްޔިތުންނަށް ކަރަންޓު ބިލުން 50 ޕަސެންޓު އުނިކޮށްދޭ ކަމަށެވެ. ނަމަވެސް މިއަހަރުގެ ރޯދަ މަހު ރަށަށް ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެ ކަރަންޓު ކަނޑައިގެން ދިއުމާ ގުޅިގެން ކަރަންޓު ބިލުން 75 ޕަސެންޓު އުނިކުރަން ނިންމީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.

“މި ރޯދަ މަހު ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވެ ރައްޔިތުން ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށް ވަނީ ގެއްލުން ލިބިފަ. އެހެންވެ އެކަންކަމަށްވެސް ރިއާޔަތްކޮށް މިފަހަރު ކައުންސިލުން ނިންމީ 75 ޕަސެންޓު ކަރަންޓު ބިލުން އުނިކުރަން،” އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި މަހުގެ ބިލް މިހާރު ގޭބިސީތަކަށް ފޮނުވާފައިވާ ކަމަށާއި ބިލުގައި ހިމަނާފައިވަނީ 75 ޕަސެންޓު އުނިކުރުމަށްފަހުގައި ކަމަށެވެ.

ނިލަންދޫގައި ކަރަންޓު ދެނީ ރައްޔިތުންގެ އިންޖީނުގެއަކުންނެވެ. އެ އިންޖީނުގެ ބަލަހައްޓަނީ އެރަށު ކައުންސިލުންނެވެ.

ނިލަންދޫ އަކީ 2300 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގައި މީހުން ދިރިއުޅޭ 215 ގޭބިސީ ހުރެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*