އޭކޭ ޗެލެންޖް ކަޕްގެ ޗެންޕިއަންކަން އެސްޖީސީ ސްޕޯޓްސްއަށް

އޭކޭ ޗެލްންޖް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފިތުރު ޢީދު ބަންދާ ދިމާކޮށް އޭކޭ ފައުންޑޭޝަންގެ ފަރާތުން ބާއްވަމުންގެންދާ އޭކޭ ޗެލެންޖް ކަޕްގެ މިއަހަރުގެ ޗެންޕިއަންކަން އެސްޖީސީ ސްޕޯޓްސްއިން ހޯދައިފިއެވެ. ފައިނަލްގައި އެސްސީ ފަހުލަވާންއާއި ބައްދަލުކޮށް އެސްޖީސީ މުބާރާތް ކާމިޔާބު ކޮށްފައިވަނީ 3-1 އިން ފަހުލަވާންގެ މައްޗަށް ކުރި ހޯދައިގެނެވެ.

އިއްޔެ ހަވީރު ކުޅުނު މެޗް ފެށިތާ މާގިނައިރުތަކެއް ނުވެ އެސްޖީސީއިން މެޗްގެ ކޮންޓްރޯލް ނަގާފައިވެއެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެސްޖީސީން 2 ލަންޑު ޖަހައިގެނެވެ. ދެވަނަ ހާފް ފެށުމާއެކު ފަހުލަވާންގެ ކުޅުންވެސް ވަރުގަދަކޮށް، އެސްޖީސީގެ ކޮޅަށް ލަނޑެއް ޖެހުމާއެކު، މެޗްގެ ކުޅުން ފޯރިގަދަ ވެގެން ދިޔައެވެ. ނަމަވެސް މެޗް ނިމެން ކުޑަތަންވެފައިވަނިކޮށް އެސްޖީސީން އިތުރު ލަނޑެއްޖަހައި ފަހުލަވާންގެ އުންމީދުތައް ފުނޑުފުނޑުކޮށްލިއެވެ.

ވަރަށް ފޯރިއާއިއެކު ނިމި ދިނިޔަ މުބާރާތުގެ އިންތިޒާމްތައް ވަރަށް ފުރިހަމަކަމަށް ބައިވެރިވި ހުރިހާ ޓީމުތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*