އޭކޭ ޗެލެންޖް ކަޕްގެ ޗެމްޕިއަންކަން އެން.ވައި.ޖީ ހޯދައިފި

ނިލަންދޫގައި ކުރިއަށްދާ އޭކޭ ޗެލެންޖް ކަޕްގެ 2016 ގެ ޗެމްޕިއަންކަން ނިލަންދޫ ޔޫތު ޖެނެރޭޝަން (އެން.ވައި.ޖީ) ހޯދައިފިއެވެ.

އެން.ވައި.ޖީ ޗެމްޕިއަންކަން ހޯދީ ދަރަބޫދޫ ބީ.ސީފ. ނިލަންދޫގައި ބޭއްވި އޭކޭ ޗެލެންޖު ކަޕްގެ ޗެމްޕިއަންކަން ނިލަންދޫ ޔަންގް ޖެނެރޭޝަން (އެންވައިޖީ) ހޯދައިފިއެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ދަނރަބޫދޫ ބީސީ އާބައްދަލުކޮށް 5 ލަނޑު 2 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލް ފުރަތަމަ ހާފުގައި އިބްރާހިމް މުޙަންމަދު ޖަހާ ލީޑު ނެގި އިރު، ޒުވާން ޢަބްދުލްބާޞިތު ވަނީ މި ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްދީފައެވެ. މި ހާފުގައި ދަނރަބޫދޫ ބީސީއަށްވެސް ލަންޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ލިބި ވަނީ ބޭކާރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މި ޙަމަލާތައް ދިފާޢު ކުރުމުގައި އެންވައިޖީ ޓީމުގެ ކީޕަރު މާނިޢު އާއި ޑިފެންޑަރ ރިޟުވާންގެ ވަރަށް ބޮޑު ހިއްސާއެއް ވަނީ ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ދެވަނަ ހާފުގައި އެންވައިޖީގެ މުނީރު ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑަށް ފަހު، އެންވައިޖީ އިންވަނީ ދިފާޢީ ކުޅުމަކަށް ބަދަލު ކުރުމުގެ ނަތީޖާއަކަށްވީ ދެވަނަ ހާފްގައި ބީސީގެ ސަފްވާން އާއި ސާޖިދު ވަނީ ލަނޑެއް ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރުމެވެ.

މި ގޯލު ޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެންވައިޖީގެ މުނީރު ވަނީ ގާތްގާތުގައި ދެ ގޯލު ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވަނީ މުނީރެވެ. ފައިނަލް މެޗު ނިމުމުން ވަނަތަކަށް ދިޔަ ފަރާތްތަކަށާއި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލް އަދި ފައިސާގެ އިނާމު ވަނީ ހަވާލު ކޮށްފައެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ތިންހަރުގެ ޓީމުގެ އަޙްމަދު ޙަލީމްއެވެ. އެންމެ މޮޅު ގޯލްކީޕަރަށް ދިވެހި ޤައުމީ ޓީމުގެ ގޯލްކީޕަރ އިމްރާން މުޙަންމަދު ސޮއިކޮށްފައިވާ އަންގި ދަނރަބޫދޫ ބީސީގެ ގޯލް ކީޕަރ ހުޒައިލްއަށް ލިބުނު އިރު، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިންހަރުގެ ޓީމުގެ ޒިދާން މޫސާއެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ތިންހަރުގެ ޓީމުގެ އަޙްމަދު ޙަލީމު އާއި ދަރަނބޫދު ބީސީގެ ސަފްވާން އާއި ކީޕަރ ހުޒައިލް އާއި އެންވައިޖީގެ ރިޟުވާން ވަހީދު (ކަކާ) އާއި ފަހުލަވާން ޓީމުގެ އަޙްމަދު ޢަލީ (ކޭޑީ) އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެލް ހަވާލުކޮށްދެއްވީ އޭކޭ ފައުންޑޭޝަންގެ ޗެއަރމަން އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ޗެމްޕިއަން ޓީމަށްދޭ =/30000ރުފިޔާގެ ޗެކާއި ތަށި ހަވާލުކޮށްދެއްވީ ޑރ. ޢަބްދުﷲ ޚަލީލުގެ މަންމަ ޙަފީޟާ ޙަމީދު އެވެ.

މި މެޗު ބެލުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން ދަނޑަށް ހާޟިރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*