ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން: “ލިބެނީ ނަމޫނާ އެއްބާރުލުމެއް” ނައިބު ރައީސް

ޢީދު ނަމާދުކުރާ މައިދާން ތައްޔާރުކުރުމުގައި ގިނަ ބަޔަކު ދަނީ ޙަރަކާތްތެރިވަމުން

ބޮޑު ޖަމާޢަތުގައި މުޅިން އަލަށް ނިލަންދޫގައި ޢީދު ނަމާދުކުރަން ތައްޔާރުވަމުން ދާއިރު ރަށު ރައްޔިތުންގެ ފަރާތުން ލިބިގެންދަނީ ނަމޫނާ އެއްބާރުލުމެއްކަމަށް ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަލީ މުހަންމަދު މިރޭ ވިދާޅުވެއްޖެއެވެ.

ނިލަންދޫ ރަށު ކައުންސިލްގެ ރަސްމީ އެފްބީ ޕޭޖަށް ދީފައިވާ އިންޓަވިއުއެއްގައި “ނިލަންދޫ ރައްޔިތުންގެ ފަރާތުން ލިބިގެން މިދަނީ ނަމޫނާ އެއްބާރުލުމެއް. ސަތަރި ފަދަ ތަކެތި މިވަނީ ރައްޔިތުން ދީފައި. މަސައްކަތް ކުރުމުގައި ވެސް ރައްޔިތުން މިތަނުގައި އެއުޅެނީ” ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މާދަމާގެ ޢީދު ނަމާދަށް ތައްޔާރުކުރާ މައިދާނުގައި ސަތަރި އަޅުމާއި އަދިވެސް ވާންޖެހޭ އެހެން ތައްޔާރީތައް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. މަސައްކަތުގައި ފާހަގަކުރެވުނު އެންމެ މުހިންމު ކަމަކީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އަދި ކައުންސިލަރު ލަތީފުއާއި ތިން ބޭފުޅުންވެސް އެންމެ އާދައިގެ ރައްޔިތުންނެކޭ އެއް ސަފެއްގައި ޙަރަކާތްތެރިވަމުން ދިޔަ މަންޒަރެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*