މިރޭގެ ދެ މެޗުން އެސްސީ ފަހުލަވާން އާއި ބީސީ މޮޅުވެއްޖެ

އޭކޭ ޗެލެންޗް ކަޕްގެ މިރޭ ކުޅުނު ފުރަތަމަ މެޗް، އެންވައިޖީ ޖޫނިއަސް ކޮޅަށް ލަނޑު ގޯންޏެއް ޖެހުމަށްފަހު އެސްސީ ފަހުލަވާން ހަމަޖެހިލައިފިއެވެ. ފަހުލަވާން މޮޅުވެފައިވަނީ 6-0 އިންނެވެ. ވާދަވެރިކަމެއް ނެތް މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްސީ ފަހުލަވާންގެ ޖާޒީ ނަންބަރު 11، ހުޝާމް އެވެ.

މިރޭ ކުޅުނު ދެވަނަ މެޗް 4-1 ގެ ނަތީޖާއަކުން ބީސީ ވަނީ ތިން ހަރުގެ މައްޗަށް ކާމިޔާބު ހޯދާފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ބީސީގެ 21 ނަންބަރު އަޙްމަދު ސާޖިދުއެވެ.

އޭކޭ ޗެލެންޖް ކަޕް ފުޓްސަލް މުބާރާތް ކުޅެމުންގެންދަނީ ނިލަންދޫގައި އަލަށް ތައްޔާރުކުރި ފުޓްސަލް ދަނޑުގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*