މާދަމާއަކީ ފިތުރު ޢީދު ދުވަސް

މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް، އިސްލާމިކް މިނިސްޓްރީ އިން ކަނޑައަޅައި އިއުލާންކޮށްފި އެވެ. އީދު ދުވަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް ފަހު، ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން އިއްވި ގަރާރުގައި ބުނެފައި ވަނީ، މިރޭ އިރުއޮއްސުމަށް ފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ސާބިތުވެފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ސާބިތުވެފައި ކަމުގެ ރަސްމީ ހަބަރު ލިބިފައިވާ ކަމަށެވެ. އެހެންވެ ސައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލުތަކުގެ މަތީން މާދަމާ އަކީ ޝައްވާލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި އީދު ދުވަސް ކަމަށް ކަނޑައަޅާ ކަމަށެވެ.

ހަނދު ސާބިތުކުރުމާ ބެހޭ ގަރާރު އިއްވަވައިދެއްވީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝައިހު އިބްރާހީމް އަހުމަދެވެ.

މިރޭ ހަނދު ސާބިތުވެ، މާދަމާ އީދުކަން އިއުލާން ކުރުމާއެކު ސިފައިންގެ ފަޔަރިން ސްކޮޑުން ވަނީ އިއްޒުއްދީން ފާލަން ކައިރިން އީދު ބަޑި ޖަހާފަ އެވެ. މާދަމާ އީދަށްވި އިރު މާދަމާ މާލޭގެ ސްޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އީދުނު ނަމާދު ކުރުން އޮންނާނެ އެވެ. އަދި މާދަމާ ރައީސް އަބްދުﷲ ޔާމީންގެ ދެ ކަނބަލުން އީދު ސަލާމް ކުރެއްވުން ދަރުބާރުގޭގެ ހަކުރާ މާލަމުގައި އޮންނާނެ އެވެ.

އުފާވެރި ފިތުރު އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖެ އާއި އިސްލީމީ އުންމަތުގެ އެންމެހާ ފަރާތްތަކަށް އަރިސް ކުރަމެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*