ފ.ދަރަނބޫދޫއާއި ފީއައްޔަށް ސިންކް ޕެނަލް ފޮނުވަނީ

ފ.ދަރަނބޫދޫގައި އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ

ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގައި ކަރަންޓުގެ ވިއުގަ ވަރުގަދަ ކޮށް ކޭބަލް ނެޓްވޯކް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގަމުންދާ ބޮޑު މަޝްރޫއުގެ ތެރެއިން ފ.ދަރަނބޫދޫއާއި ފ.ފީއަލީގެ އިތުރުން 22 ރަށަަކަށް ސިންކްރޮނައިޒް ފެނަލް ގެންދިއުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ޝަރީފު ވިދާޅުވީ ސިންކު ޕެނަލް ބޭނުންވާ ލިސްޓު ކުރެވިފައިވާ 65 ރަށުގެ ތެރެއިން މިއަދު ފުރުވާލެވުނު 24 ޕެނަލްގެ އިތުރުން ބާކީ ހުރި ރަށްތަކަށް މިތަކެތި ވަރަށް އަވަހަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

މި ގޮތުން މިފަހަރު ސިންކު ޕެނަލް ފޯރުކޮށްދޭ 24 ރަށަކީ ހއ.ވަށަފަރު، ށ.ފީވަށް، ށ.ގޮއިދޫ، ށ.ޅައިމަގު، ށ.މާއުނގޫދޫ، ނ.ކުޑަފަރި، ނ.މާޅެންދޫ، ނ.ވެލިދޫ، ރ.ރަސްމާދޫ، ބ.ހިތާދޫ، ޅ.އޮޅުވެލިފުށި، މ.މަޑުއްވަރީ، މ.މުލި، ފ.ދަރަނބޫދޫ، ފ.ފިއަލީ، ދ.ހުޅުދެލި، ދ.ކުޑަހުވަދޫ، ދ.މާއެނބޫދޫ، ތ.ގާދިއްފުށި، ލ.ހިތަދޫ، ލ.އިސްދޫ، ގދ.މަޑަވެލި، ގދ.ރަތަފަންދޫ އަދި ސ.ހުޅުމީދޫ އެވެ.

“ބައެއް ރަށްރަށުގައި އެއް އިންޖީނުން އަނެއް އިންޖީނަށް ބަދަލުކޮށްލާ އިރުގަ ގޭގޭގައި ހުންނަ ކަރަންޓު ސާމާނު ހަލާކުވުން ފަދަ މައްސަލަތައް ދިމާވޭ. ނަމަވެސް މި ޕެނަލްތައް ހަރުކޮށް ހިދުމަތް ފެށުމުން އެ މައްސަލަތައް ވެސް ހައްލުވާނެ. އެ ރަށެއްގައި ހުރި ހުރިހާ ޖެނަރޭޓަރުތައް ހުންނާނި އެއް ޕެނަލްއަކާ ގުޅާލާފައި ސިންކްރޮނައިޒް ކުރެވިފައި،” ޝަރީފް ވިދާޅުވި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*