ފ.އަތޮޅު ކައުންސިލް ކުރިމަތީގައި ޕާކިން ޒޯނެއް ހަދައިފި

ފ.އަތޮޅު ކައުންސިލް ކުރިމަތީ ހަދާފައިވާ ޕާކިން ޒޯން. (ފޮޓޯ: އެފްބީ)

ފ.އަތޮޅު ކައުންސިލް ކުރިމަތީ އޮތް ހުސްބިމުގެ އަތޮޅު ކައުންސިލް ކުރިމައްޗަށްވީ ފަރާތުގައި ޕާކިން ޒޯނެއް ނިލަންދޫ ރަށު ކައުންސިލުން ހަދައި ޢާންމުންނަށް މިއަދު ހުޅުވާލައިފިއެވެ. އެނގިފައިވާ ގޮތުގައި އެއްވެސް ދަތިކަމެއްނެތި މިޕާކިން ޒޯންގައި ގާތްގަނޑަކަށް 30 ވަރަކަށް ސައިކަލަށް އެއްފަހަރާ ޕާކް ކުރެވޭނެއެވެ.

މި ޕާކިން ޒޯން ހެދުމުގެ އިތުރުން، ރަށުގެ ވަށައިގެން ހުރި ޢާންމު ބިންތަކުގެ ވަށައިގެން ރާނާފައިވާ މަގުފާރުތައް ސާފުކޮށް އެފާރުތަކުގައި ކައުންސިލުން އިސްނަގައިގެން ކުލަވެސް ލާފައިވެއެވެ. ކުލަލާފައިވަނީ ވަރަށް ގިނަ ބައެއްގެ ދީލަތި އެހީއާއިއެކުގައެވެ. އަދި މި މަސައްކަތުގައި ރައްޔިތުންގެ ތެރެއިންވެސް ގިނަ ބައެއްގެ އެއްބާރުލުން ޢަމަލީގޮތުން ލިބިފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*