އޭކޭ ޗެލެންޗް ކަޕް 2017 ފުޓްސަލް މުބާރާތް މިރޭ ފަށައިފި

އެސްޖީސީ ނިއު ޖެނެރޭޝަން އާއި ބީސީ ބައްދަލުކުރި މެޗްގެ ތެރެއިން

ފިތުރު ޢީދުގެ މުނާސަބަތުގައި ފ.ނިލަންދޫގައި، ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލްގެ އޭކޭ ފައުންޑޭޝަނުން ބާއްވާ އޭކޭ ޗެލެންޖް ކަޕް 2017 ފުޓްސަލް މުބާރާތް މިރޭ ފަށައިފިއެވެ.

ފ.ނިލަންދޫގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްގީކޮށްފައިވާ ފުޓްސަލް ދަނޑުގައި ފެށި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަބުދުލް މުހްސިން ޙަމީދު (ޖޭ 4) އެވެ.

މުބާރާތް ހުޅުވުމުގެ މެޗްގައި ބައްދަލުކޮށްފައިވަނީ ބީސީއާއި އެސްޖީސީ ނިއު ޖެނެރޭޝަން އެވެ. މި މެޗް 2-0 އިން ކާމިޔާބުކޮށްފައިވަނީ ބީސީއެވެ. މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބީސީގެ ޖާޒީ ނަންބަރު 27 އެވެ.

11 ޓީމަކުން ވާދަކުރާ މި މުބާރާތުގައި މިރޭ ކުޅުނު 2ވަނަ މެޗް، އެސްޖީސީ ޖޫނިއަސްގެ މައްޗަށް 6-0 އިން ނިލަންދޫ ޔޫތް ޖެނެރޭޝަންވަނީ ކާމިޔާބު ހޯދާފައެވެ. މެޗްގެ ވަކި ހިސާބަކުން އެންވައިޖީގެ އަޖޫ ސީރިޔަސް އިންޖަރީއެއްވެގެން އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*