އޭކޭ ޗެލެންޖް ކަޕްގެ ގަދަ ހިފުމަށް ބީސީ ސްޕޯޓްސް އާއި އެންވައިޖީ

ފ.ނިލަންދޫގައި މިހާރު ކުރިޔަށްދާ އޭކޭ ޗެލެންޖް ކަޕްގެ  ފައިނަލަށް ދަރަނބޫދޫ އަށް ނިސްބަތްވާ ބީސީ ސްޕޯޓްސް އާއި ނިލަންދޫ އެންވައިޖީ ދަތުރުކޮށްފިއެވެ.

އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި އެސްޖީސީ ސްޕޯޓްސް އާއި އެންވައިޖީ ބައްދަލުކުރި މެޗް ފަހަތުން އަރައި 2 ލަންޑު 1 ލަނޑުން ކާމިޔާބުކުރީ އެންވައިޖީ އެވެ. ފޯރިގަދަ މިމެޗްގައި އެސްޖީސީއިން ފުރަތަމަ ލަނޑު ޖެހުމާއެކު އެންވައިޖީގެ އެޓޭކިން ވަރުގަދަކޮށް ކައިރި ކައިރިން ދެ ލަނޑު އެސްޖީސީ ކޮޅަށް ވައްދާލިޔެއެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އެންވައިޖީގެ ބާސިތުއެވެ.

ވާދަވެރި ދެވަނަ މެޗްގައި 3 ހަރުގެއާއި ބައްދަލުކޮށް ބީސީ މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ބީސީގެ ގޯލްކީޕްރެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*