ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި މުބާރާތުގެ ފައިނަލަށް މުޙަންމަދު ދަތުރުކޮށްފި

މުޙަންމަދު އިސްމާޢީލް، މުބާރާތުގެ ފައިނަލަށް ދަތުރުކުރި އަނެއް ދެ ބައިވެރިންނާއެކު

ޕީއެސްއެމްއިން ކޮންމެ ރަމަޟާން މަހަކު ބާއްވަމުންގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ގަދަ ތިނެއްގައި ހިމެނިގެން، މުޙަންމަދު އިސްމާޢީލް، ގްރީން ހެވަން، ފ.ނިލަންދޫ އެމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ނިލަންދޫގެ ދަރިޔަކު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 2ވަނަ އަހަރެވެ.

ޤުރުއާން ކިޔެވުމުގައި މަޝްހޫރު ބިއްދޮށުގޭ އާޢިލާއަށް ނިސްބަތްވާ މުޙަންމަދު އިސްމާޢީލްވަނީ މިމުބާރާތުގައި ވަރަށް ރަނގަޅު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެކި ރާގުތަކަށް ޤުރުއާން ކިޔެވުމާއި، ތަޖުވީދުގެ ސުވާލުތަކަށް ޖަވާބު ދިނުމުގައާއި އަދި ޤުރުއާންގެ މައުޟޫތަކުގެ ޝަރަޙަތައް މުޙަންމަދު ގެނެސްދީފައިވަނީ ތަޢުރީފް ޙައްޤުވާ ފެންވަރުގައެވެ.

މުޙަންމަދުގެ އިތުރުން މި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އައިޝަތު މަލްދާ މުޙަންމަދު، މާލެ ސިޓީ އާއި ނަސްރަތު އިސްމާޢީލް، ރ.ހުޅުދުއްފާރުއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*