އާސިޔަތު ނަޢީމް ޑަކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލްކުރައްވައިފި

ޑރ. އާސިޔަތު ނަޢީމް ގްރެޖުއޭޝަނަށްފަހު އުފާފާޅުކުރައްވަނީ (ފޮޓޯ: އެފްބީ)

ޔޫކްރެއިންގައި ކިޔަވާވިދާޅުވަމުން ގެންދެވި އާސިޔަތު ނަޢީމް، ބީޗްސައިޑް، ފ.ނިލަންދޫ މެޑިކަލް ޑަކްޓަރު ކަމުގެ ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވައިފިއެވެ.

އާސިޔަތު ކިޔަވަމުން ގެންދެވި ކޯހުގެ ފައިނަލް އިމްތިޙާނުގެ ނަތީޖާ ލިބިފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. އަދި ހަމަ މިމަސްތެރޭގައި ގްރެޖުއޭޓްވެ ޑަކްޓަރުކަމުގެ ސެޓްފިކެޓްވަނީ ޙާސިލްކުރައްވާފައެވެ.

ޑރ. އާސިޔަތާއިއެކު ނިލަންދޫއަށް ނިސްބަތްވާ 6 މެޑިކަލް ޑަކްޓަރުން މިހާރު ތިއްބަވާނެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކަށް ޚާއްސަ ސުޕަރސްޕެޝަލިސްޓް، ޑރ. ޢަބުދުލް ޢަޒީޒް އަޙްމަދުވެސް ހިމެނިވަޑައިގަންނަވައެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*