ކަރަންޓްގެ ޙާލަތު ދިރާސާކުރުމަށް ފަންނީ ބަޔަކު ގެނެސްފި

ފ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް ފަންނީ ދެ ބޭފުޅަކު ގެނެސް ދިމާވެފައިވާ މައްސަލަތައް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި ދެބޭފުޅުންވެސް ނިލަންދޫއަށް ގޮސްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މި ބޭފުޅުންގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ އިންޖީނުތަކަށް ދިމާވެފައިވާ މައިގަނޑު މައްސަލަތައް ދެނެގަތުމާއި ނެޓްވާކްގެ މައްސަލަތައް ދިރާސާ ކުރުމެވެ. އަދި މިބޭފުޅުންގެ މަސައްކަތަށްފަހު، ހޯދުންތަކުގެ އަލީގައި ގެނެވިދާނެ ޙައްލުތައް ރަށު ކައުންސިލަށް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.

ނިލަންދޫ ރަށު ކައުންސިލުން ދާދިފަހުންވަނީ އިންޖީނުގެއާއި ނަރުދަމާއަށް ދިމާވެފައިވާ ޙައްލުތައް ދެނެގަތުމުގެ ގޮތުން ފަންނީ ބައެއް ހޯދުމަށް އިއުލާން ކޮށްފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*