އެލްޖީއޭގެ ބޯޑަށް މިންނާ ރަޝީދު އައްޔަން ކުރައްވައިފި

މިންނާ ރަޝީދު، ހަތިކޮޅު، ފ.ނިލަންދޫ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް އައްޔަން ކުރައްވައިފިއެވެ. މިންނާއާއިއެކު އިތުރު 2 ބޭފުޅަކުވެސް ވަނީ މި މަގާމަށް އައްޔަން ކުރައްވައިފައެވެ.

މިންނާ ރަޝީދު މި މަގާމަށް އައްޔަންކުރައްވާފައިވަނީ ޖިންސުގެ ހަމަހަމަ ކަން (ޖެންޑާ އިކުއަލިޓީ) ގެ ދާއިރާއިންނެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙާއެކު، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ބޯޑުގައި އިތުރަށް ދެން ތިއްބަވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މިނިސްޓަރަކާއި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*