ޤުރުއާނާއިބެހޭ މަރުކަޒަށް މުދައްރިސެއް ހޯދުމަށް އިޢުލާންކޮށްފި

ފ.ނިލަންދޫގައި ގާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޤާރީއެއް ހޯދުމަށް ނިލަންދޫ ރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ. އިއްޔެކޮށްފައިވާ އިޢުލާންގައިވާ ގޮތުން މިކަމަށް ކުރިމަތިލާ ބޭފުޅެއްގެ އަތުގައި ޤުރުއާން މުދައްރިސްކަމުގެ ލެވެލް 5ގެ އޮންނަންވާނެއެވެ. ނުވަތަ ޤުރުއާނާއި ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ސެޓްފިކެޓަކާއިއެކު ކިޔަވައިދިނުމުގެ ޑިޕްލޮމާ ފެންވަރުގެ ސަނަދެއް އޮންނަންވާނެ ކަމަށެވެ.

ކިޔަވައިދޭ ގަޑިއަކަށް 200ރ އާއި 250ރ އާއި ދެމެދުގެ ފީއެއް ދިނުމަށް ހަމަޖައްސާފައިވާއިރު 2 އަހަރު ދުވަހުގެ މުއްދަތުގެ ކޮންޓްރެކްޓެއް ހުށަހަޅާނެކަމަށް އިޢުލާންގައި ބުނެފައިވެއެވެ.

މިކަމަށް ކުރިމަތިލާންޖެހޭ ސުންގަޑިއަކީ ޖުލައި 5، 2017 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*