އޭކޭ ޗެލެންޗް ކަޕް 2017 ގައި މިހާތަނަށް 9 ޓީމަކުން ބައިވެރިވެއްޖެ

އިތުރު ޓީމުތައް ބައިވެރިވުމުގެ ޝައުގުވެރިކަން ދަނީ ފާޅުކުރަމުން

ފ.އަތޮޅުގައި ބާއްވާ އެންމެ ޝަރަފްވެރި އަދި އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް، އޭކޭ ޗެލެންޖްކަޕްގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި މިހާތަނަށް 9 ޓީމަކުން ބައިވެރިވެފައިވާކަމަށް އެ މުބާރާތުގެ އިންތިޒާމް ކޮމިޓީން ހާމަކޮށްފިއެވެ.

މިހާތަނަށް ބައިވެރިވެފައިވަނީ ތިން ހަރުގެ، ނިލަންދޫ ޔޫތް ޖެނެރޭޝަން ޖޫނިއަރސް، ނިލަންދޫ ޔޫތް ޖެނެރޭޝަން ފްރެންޑްސް، ނިލަންދޫ ޔޫތް ޖެނެރޭޝަން، ސުޕަރ ގަޓް ސިޓީ ސްޕޯޓްސް، ސުޕަރ ގަޓް ސިޓީ ނިއު ޖެނެރޭޝަން، ސުޕަރ ގަޓް ސިޓީ ޖޫނިއަރސް، ބީސީ ސްޕޯޓްސް، އަދި ގަޓް ސިޓީއެވެ. މީގެތެރެއިން ބީސީއާއި ގަޓް ސިޓީ ފިޔަވައި އަނެއް ހުރިހާ ޓީމަކީވެސް ނިލަންދޫގެ ޓީމުތަކެވެ.

ގާތްގަނޑަކަށް ޖުމްލަ 150،000ރ. ޚަރަދުވާނެކަމަށް ބެލެވޭ މި މުބާރާތުގެ ލޭޓް އެންޓްރީގެ މުއްދަތު ހަމަވާނީ ޖޫން 18 ވަނަ ދުވަހުގެ ހަވީރު 6:00 އެވެ.

ޗެންޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ނިލަންދޫގެ އިތުރު ޓީމުތަކުންނާއި، ފ.އަތޮޅާއި، ދ.އަތޮޅާއި އަދި ކ.އަތޮޅުގެ ބައެއް ރަށުގެ ޓީމުތަކުން ދަނީ ފާޅުކުރަމުންނެވެ.

މި މުބާރާތަކީ ފ.ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.ޢަބުދުﷲ ޚަލީލުގެ އޭކޭ ފައުންޑޭޝަނުން ކޮންމެ ފިތުރު ޢީދަކާ ދިމާކޮށް ބާއްވަމުން ގެންދާ މުބާރާތެކެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*