ފ.އަތޮޅުގައި ތިބި ފެނަކައިގެ ފަސް މުވައްޒަފަކު އެހެން އަތޮޅުތަކަށް

ފ.ދަރަނބޫދޫގައި އަލަށް ޢިމާރާތްކުރެވުނު އިންޖީނުގެ

ފ.އަތޮޅު މަގޫދޫގައި ތިބި ތިން މުވައްޒަފަކާއި ފ.ފީއަލީގައި ތިބި ދެ މުވައްޒަފަކު ހއ.އަތޮޅަށް ބަދަލު ކުރަން ނިންމާ ނޯޓިސް ފޮނުވައިފިއެވެ.
އެ ފަސް މުވައްޒަފުން ބަދަލު ކުރުމަށް ނިންމާފައިވަނީ ހއ.އާއި ހދ އަދި ށ.އަތޮޅުގެ ބައެއް ރަށްރަށަށެވެ.

މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ވަޒީފާ ބަދަލުވިކަން އަންގާ ނޯޓިސް ފޮނުވާފައިވަނީ ފ.މަގޫދޫގައި ޓެކްނީޝަނުންނަށް ތިބި މުހައްމަދު އަފްސަލަށާއި، އަހުމަދު ސައީދަށާއި އިސްމާއީލު ރިޔާޒަށެވެ. މުހައްމަދު އަފްސަލު ބަދަލުކޮށްފައިވަނީ ހއ.ފިއްލަދުއަށެވެ. އަހުމަދު ސައީދު ބަދަލުކޮށްފައިވަނީ ހއ.ތަކަންދުއަށެވެ. އިސްމާއީލު ރިޔާޒު ބަދަލުކޮށްފައިވަނީ ށ.ނޫމަރަާއަށެވެ.

ދެން ނޯޓިސް ދީފައިވާ ފ.ފީއަލީގައި ޓެކްނީޝަނުންގެ ގޮތުގައި ތިބި މުހައްމަދު ނިޒާމަށާއި މުހައްމަދު ޝިރުހާނަށެވެ. މުހައްމަދު ނިޒާމު ހދ.ވައިކަރަދުއަށް ބަދަލުކޮށްފައިވާ އިރު ޝިރުހާން ބަދަލުކޮށްފައިވަނީ ހދ.ނެއްލައިދުއަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*