އެންމެ އަލިގަދަ ތަރި މުބާރާތުގެ ގަދަ 12ގައި މުޙަންމަދު އިސްމާޢީލް ހިމެނިއްޖެ

ދިވެހިރާއްޖޭގެ އެންމެ އަލިގަދަތަރި މުބާރާތުގެ ބައިވެރިންނާއެކު މުޙަންމަދު އިސްމާޢީލް (މ)

ޕަބްލިކް ސަރވިސް މީޑިއާއިން ކޮންމެ ރަމަޟާން މަހެއްގަވެސް ބާއްވާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި މުބާރާތުގެ ގަދަ 12 ގަ މުޙަންމަދު އިސްމާޢީލް، ގްރީންހެވަން، ފ.ނިލަންދޫ ހިމެނިއްޖެއެވެ.

މުޙަންމަދު އިސްމާޢީލްއަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ރޮންގުން އުނގެނިގެން ހުންނެވި ބޭފުޅެކެވެ. އަދި ފ.ނިލަންދޫގައި ހުންނަ ކީރިތި ޤުރުއާނާއިބެހޭ މަރުކަޒުގެ ފ.ނިލަންދޫ ގޮފީގައި މުދައްރިސެއްގެ ގޮތުން އެތަނުގައި ހިންގާ ކޯސްތަކުގައި ދަރިވަރުންނަށް ކިޔަވާދެއްވާފައިވެސް ވެއެވެ.
ނިލަންދޫ ރައްޔިތުން މުޙަންމަދު ފާހަގަކުރަނީ ރީތިކޮށް އެކި ޤިރާޢަތްތަކަށް ޤުރުއާން ކިޔަވާ އަދި ރީތިކޮށް ބަންގި ގޮވާ ބޭފުޅެއްގެ ގޮތުގައެވެ.

މީގެ ކުރީގެ އަހަރެއްގައި ބޭއްވި މި މުބާރާތުގެ 3 ވަނަ އާމިނަތު އިސްމާޢީލް، ފަތިސް، ފ.ނިލަންދޫ ހޯދާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*