ނިލަންދޫ މިސްކިތްތަކަށް ބޭނުންވާ ގިނަ ސާމާނު ހަދިޔާކޮށްފި

ނިލަންދޫގެ އެކި ޢުމުރުފުރާގެ ގިނަ ބަޔަކު އިސްނަގައިގެން ނިލަންދޫގެ މިސްކިތްތަކަށް ބޭނުންވާ ބައެއް ސާމާނު ނިލަންދޫ ކައުންސިލާއި މިއަދު ޙަވާލުކޮށްފިއެވެ. މިތަކެތި ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފައިވަނީ އަލަށް ނިލަންދޫ ކައުންސިލަށް ހޮވިފައިވާ މުޙަންމަދު ޖަލީލުއާއި ޢަލީ މުޙަންމަދުގެ އިތުރުން ހުކުރު މިސްކިތުގެ އިމާމް ޢަބުދުﷲ އަޙްމަދެވެ.

ގިނަ ބައެއްގެ ދީލަތި އެހީއާއިއެކު، މިސްކިތްތަކަށް ބޭނުންވާ 40 ގޮނޑިއާއި، 4 މުސައްލައާއި 16 ދާނި ހަދިޔާކޮށްފައިވެއެވެ. ކައުންސިލް އިދާރާގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ އެ އިދާރާގެ ޑިރެކްޓަރ އިސްމާޢީލް ޢަބުދުﷲ އާއި އެއިދާރާގެ އެސިސްޓަންޓް ޑިރެކްޓަރ ޢަލީ އަހްމަދު އެވެ.

ނިލަންދެ އަށް އެނގިފައިވާ ގޮތުގައި މިރޭ ފުރާ ކާމިޔާބު 7 ބޯޓަށް، 3 ފެންކޫލަރުވެސް ވަނީ އަރުވާފައެވެ.

މިތަކެތި ހޯދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލެއްވި ޢަބުދުﷲ ޢަލީ ހާމަކުރެއްވިގޮތުގައި މި ތަކެތި ހޯދުމަށް ނިލަންދޫގެ ގިނަ ބައެއްގެ އެހީތެރިކަން ލޮލުން ބޮލުން އެދިގެން ލިބިފައިވެއެވެ. އަދި މުސްތަގްބަލްގައިވެސް މިފަދަ ޕްރޮގްރާމްތައް ހިންގަވާނެކަމަށް އޭނާ ހާމަކުރެއްވިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*