ޖަލީލްއާއި ޢަލީ އިސްވެ ތިބެ ރަށުގެ ބައެއްތަންތަން ޒީނަތްތެރިކޮށްފި

ތަޙާލުފް މިސްކިތު ގޯތިތެރެއަށް ވެލިލަނީ (ފޮޓޯ: ނިލަންދެ)

ނިލަންދޫ ކައުންސިލަށް އަލަށް އިންތިޚާބުވި މުޙަންމަދު ޖަލީލުއާއި ޢަލީ މުޙަންމަދު އިސްނަގައިގެން ނިލަންދޫގެ ބައެއްތަންތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް މިއަދު ކޮށްފިއެވެ. މި މަސައްކަތުގައި އެހީތެރިވެފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓް ކޯގެ ފަރާތުންނެވެ. ކެޑޭޓްގައި ހިމެނޭ ގިނަ ޢަދަދެއްގެ ދަރިވަރުން މިއަދުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

image-0-02-06-317ef72274990d5fea6828d120262b5eeff68a25444527e48c277fd55c7438dd-V

މިއަދުގެ މަސައްކަތުން، ތަޙާލުފް މިސްކިތުގެ ގޯތިތެރެ ސާފުކޮށް ދޮންވެލިލާފައިވެއެވެ. އަދި ހަމަ އެހެންމެ، ފުޓްބޯޅަ ސްޓޭޑިއަމްގެ ހުޅަނގު ފަރާތުން އެންމެ އަތިރީގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ އެތާނގައި ހުންނަ ގޯތިތަކުގެ އަތިރިން އޮންނަ މަރަދަނޑު މަގު ސާފުކޮށްމަގުގެ އަރިމަތީގައި ރުއް އިންދާފައިވެއެވެ.

މި މަސައްކަތުގައި ނިލަންދޫ ދާއިރާގެ މެންބަރުގެ ޙިއްސާ އޮންނަ އެއިމް ކޮންސްޓްރަކްޝަންގެ އެހީތެރިކަން މަގު ދިލާ ސާފުކުރުމަށް ލިބިފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*