ތިން އަހަރުތެރޭ ދަރަނބޫދޫއަށް ކުރެވުނު ކަންތައްތަކާއި ގުޅިގެން ބަހުސަކަށް

ރައީސް ޔާމީންގެ ތިން އަހަރުގައި ނިސްބަތުން ބޮޑެތި 4 މަޝްރޫޢުއެއް، އެހެނިހެން 17 މަޝްރޫޢުއެއް

ރައީސް ޔާމީންގެ ސަރުކާރުން ދަރަނބޫދޫގެ ތަރައްގީގައި ކުރެވިފައިވާ ބައެއް ބޮޑެތި މަސައްކަތްތައް

ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލް ފާހަގަކުރެވެނީ ސޯޝަލްމީޑިއާއާއި ވަރަށް ދޯޅު ބޭފުޅެއްގެ ގޮތުގައެވެ. ޚާއްސަގޮތެއްގައި ދާއިރާގެ ރައްޔިތުންނާއި މުޢާމަލާތް ކުރުމުގައި ވަރަށް ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރާ ކަމަށް ފާހަގަކުރެވެއެވެ. އިއްޔެއަކީ އެގޮތުން ވެސް ފާހަގަކުރެވިގެން ދިޔަ ދުވަހެކެވެ.

ދަރަނބޫދޫއަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ކައުންސިލްގެ ނައިބު ރައީސް ޢަލީ ސަމީރު މުޙަންމަދު ކުރައްވާފައިވާ “އޭކޭ ފަރާތުން ދާއިރާއަށް ކޮށްދިނީ ކޮންކަމެއްތޯ؟ ވަކިން ޚާއްސަކޮށް ދަރަނބޫދޫއަށް ކޮށްދިން ކަންތައްތައް ވެސް ބޭނުން ބަލާލަން. ނޭނގޭތީ ހަމަ އަހާލީ.” ސުވާލާއި ގުޅިގެން ދަރަނބޫދޫގެ އެކި ޢުމުރުފުރާގެ ބޭފުޅުން ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ. އިނދިކޮޅު އެމްޑީޕީއަށް ތާއީދުކުރާ ބައެއް ބޭފުޅުން އެމްޑީޕީން ހަދައިގެން އުޅޭ “ފޭކް” އެސްއެމްއެސް ތަކެއް އެ ޕޯސްޓަށް ކޮމެންޓްގެ ގޮތުގައި ފޮނުވި އިރު، ސިއްޚީ މަރުކަޒުގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކު ޖެއްސުމުގެ ކޮމެންޓްތައް ކުރައްވާފައިހުރި ތަންވެސް ފެނިގެން ދިޔައެވެ. އެގޮތުން ޕީޕީއެމް ޖަގަހައަށް ޓީވީއެއް ދިންކަމާއި، ކުޅިވަރު ހޯލަށް ހުވަފެނުން ސަރުކާރުން ދެއްވި އެހީ ވީތަނެއް ހޯދައިދިނުމަށް ސަމީރުގާތުން އެދިފައިވެއެވެ. އެމްޑީޕީގެ ސަޕޯޓަރަކަށް ފެނުނީ ޕީޕީއެމް ގޮތްޕަށް ލަވައްޒާ މެޝިނެއް ހަދިޔާކުރިތަން އެކަންޏެވެ.

ދެންފެނުނީ ދެކޮޅު ނުޖެހޭ ކޮމެންޓްތަކެއް ބައެއް ފަރާތްތަކުން ކޮށްފައި ހުރި މަންޒަރެވެ. އެވާހަކަ އެހެންކަމުން ދޫކޮށްލަމާހެއްޔެވެ.

ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި ދަރަނބޫދޫއަށް ކޮށްދެއްވިފައިވާ ކަންކަމުގެ ލިސްޓެއް ވަކި ހިސާބަކުން ޑރ.ޚަލީލު ލިޔުއްވާލެއްވުމުން އަޅުގަނޑުވެސް ޖެހުނީ ޝަހާދަތް އިނގިލީގައި ދައިގަންނާށެވެ. ޑރ.ޚަލީލު ވިދާޅުވެފައިވާ ކަންކަން މިތާނގައި ހިއްސާކޮށްލާނަމެވެ.
1. ސިއްހީ މަރުކަޒުގެ ވެއިޓިންގ އޭރިޔާގަ އިން ޖޯލިފަތީގެ ބަދަލުގައި އަތޮޅު ހޮސްޕިޓަލްގަ ހުރި ގޮނޑިއަށްވުރެ ފެންވަރު ރަނގަޅު ގޮނޑި ބެހެއްޓުން.
2. ރަޔބް ބޭސް ކިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯގެ ބޭސްފިހާރައެއް ހައްދަވާދެއްވުން.
3. އެމްބިއުލާންސެއް ހޯއްދަވައިދެއްވުން.
4. ސްކޫލް ޓީޗަރުން ޓީޗަރސް ރިސޯސް ރޫމްގެ ފަރުނީޗަރުތައް ހަލާކުވެފައިވަނިކޮށް ބަދަލުކޮށްދެއްވުން.
5. ދަރިވަރުންނަށް ކޮންޕިއުޓަރ ލެބެއް ހެދުމަށް 8 ކޮންޕިއުޓަރ ހޯއްދަވައިދެއްވުން.
6. ޕްރީސްކޫލް ޢިމާރާތްކުރުމަށް ތަޢުލީމީ ފަންޑްގެ ތެރެއިން ފައިސާ ހަމަޖައްސަވާދެއްވުން. އަދި ސްކޫލުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަން.
7. ދަރަނބޫދޫ ސްކޫލުގައި 3 ކްލާސްރޫމުގެ އާޢިމާރާތެއް ބިނާކުރުން.
8. ފުޓްބޯޅަ ދަނޑުގެ ވަށާފާރާއި ފެންސްޖެހުން.
9. ރައްޔިތުންގެ އެހީތެރިކަމާއެކު ދަރަނބޫދޫގައި ހަދަމުންގެންދާ ކުޅިވަރު ހޯލަށް ފައިސާގެ އެހީ ހަމަޖައްސާ ކައުންސިލަށް އެންގުން.
10. ސްޕޯޓްސް އެރީނާގައި ހިމެނޭ ބައެއް ކޯޓްތައް ނިންމުން.
11. މިހާރު ބޭނުންކުރާ މިސްކިތުގެ އާބާތުރަ ފިލުވުން.
12. ޒަމާނީ މިސްކިތެއް އަޅުއްވައިދެއްވުން.
13. ކުޑަކުދިންގެ ޕާކަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްދެއްވުން.
14. ޒަމާނީ ކަރަންޓްގެ ނިޒާމެއް ހަމަޖެއްސުމުގެ ގޮތުން އާ އިންޖީނުގެއެއް އަޅާ އެތަނުން ކަރަންޓް ދޭންފެށުން.
15. ކަރަންޓް ކޭބަލް ނެޓްވާކް ބަދަލުކުރުމަށް ބޭނުންވާ ބައެއް ކޭބަލް ދަރަނބޫދޫއަށް ފޮނުވުން.
16. ކުނި ނައްތާލުމުގެ ނިޒާމަށް ޕިކަޕެއް ހޯދައިދިނުން.
17. ބަނދަރުމަތީގައި ހަދާފައިވާ ބުރުތަކަށް ސަރުކާރުގެ އެހީތެރިކަން ލިބިފައިވޭ.
18. ރައްޔިތުންގެ މަސައްކަތް ކުރުމަށްފަހު އަހަރުނިމުމުން ޚަރަދުވި ފައިސާ ޕެންޑިންގ ފައިސާގެ ތެރެއިން ހޯދައިދިނުން.
19. ކައުންސިލް އިދާރާއަށް ބޮޑެތި ހިތްގައިމު ބަދަލުތަކެއް ގެނައުން.

މިކަންކަމުގެ އިތުރުން ސޯޝަލްމީޑީޔާގެ ނަމުންނަމަ ވިލާ އާދަމް ވެސް ބައެއް ކަންކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ސްކޫލުގެ ބައެއް ތަންތަން އޭސީކޮށްދެއްވިކަމާއި، އިންޑޯ ސްޕޯޓްސް ހޯލްއަށް 35،000ރ ދެއްވިކަމާއި، ކޯލާއައުނު ފުޓްސަލް މުބާރާތައް އެހީތެރިވެދެއްވިކަމާއި، ބޯޅަގޭގެ މަސައްކަތް ކުރެވިފައިވާކަމާއި، ޒޯން މުބާރާތުގައި ބައިވެރިވި ޓީމަށް އެހީ ލިބިފައިވާކަން ފާހަގަކުރައްވާފައިވެއެވެ. ވިލާ އާދަމްގެ މިވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކުވަނީ ޑރ.ޚަލީލު ދަރަނބޫދޫއާއި ބަހައްޓަވާ ގާތްކަމާއި ކޮށްދެއްވަމުން ގެންދަވާ މިންނެއްތް މަސައްކަތްޕުޅަށް ޝުކުރު އަދާކޮށްފައެވެ.

މަތީގައި ބަޔާންކުރެއްވި ކަންތައްތަކުގެ އިތުރުން އަމިއްލަފުޅަށް އިޖްތިމާޢީ އަދި ޒުވާނުންގެ ކުރިއެރުމާ ގުޅުންހުރި ކަންކަމަށް ކަންކަން ކޮށްދެއްވާފައިވާނެކެމަށް ލިޔުއްވާފައިވެއެެވެ. ހަމަ އެހެންމެ، ފަރުދުންގެ ބޭސްފަރުވާގެ ކަންކަމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާނެކަމަށް ލިޔުއްވިއެވެ.

ޚަލީލުގެ ބަސްކޮޅު ނިންމާލެއްވީ، ދަރަނބޫދޫގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ފުރުސަތު ލިބުނުކަމަށްޓަކައި ﷲއަށް ހަމްދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*