ބަންޑާރަ ބިންތަކުގެ މަގުފާރުތައް ދޮވެ ސާފުކޮށްފި

ނލަންދޫ އިރުމަތީ ބަނދަރާއި އަދި އެނޫންވެސް ބައެއް ބަންޑާރަ ބިންތަކުގެ ވަށާ ރާނާފައިހުރި މަގުފާރުތައް ދޮވެ ސާފުކޮށްފިއެވެ. ނިލަންދޫގެ ގިނަ ބައެއްގެ އެހީތެރިކަމާއެކު، މި މަސައްކަތުގައި އިސްވެ ޙަރަކާތްތެރިވެފައިވަނީ ނިލަންދޫ ކައުންސިލަށް އަލަށް ހޮވުނު މުޙަންމަދު ޖަލީލުއާއި ޢަލީ މުޙަންމަދުއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރި މި މަސައްކަތުގައި އެއް ގްރޫޕްގެ ވެރިޔަކީ އަޙްމަދު ޝިޔާމްއެވެ. އަނެއް ގްރޫޕުގެ ވެރިޔަކީ ޙުސައިން ޙަސަންއެވެ.

މިއަދު މަސައްކަތުން ސާފުކުރި ފާރުތަކުގެ ތެރޭގައި ހިމެނެނީ އިރުމަތީ ބަނދަރު ސަރަޙައްދުގެ ފާރުތަކާއި ވެޔޮދޮށު މައިޒާނުގެ ވަށާފާރާއި ޕޮލިސް ސްޓޭޝަނާއި އަތޮޅު ކައުންސިލްގެ ދެމެދުގައިވާ ބިމުގެ ވަށާފާރެވެ.

މިއަދުގެ މި މސައްކަތަށް ތަރުޙީބު ދިނުމުގެ ގޮތުން ނިލަންދޫ އަންހެންވެރިން އިސްވެތިބެ ސަޔާއި ބުއިންތައް ބަހާހަދާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*