އެމްޑީޕީ ކައުންސިލަރުން ތަރައްޤީއަށް ހުރަސް އަޅުއްވަން ނޫޅުއްވާތި، ތަރައްޤީ ގެންނާނަން – ރައީސް

ރައީސް ޔާމީން

އެމްޑިޕީގެ ކައުންސިލަރުން، ސަރުކާރުން ބޭނުންވާ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްޤީއަށް ހުރަސް ނޭޅުއްވުމަށާއި، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ސަރުކާރުން ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަން އިން ޕީޕީއެމް އެމްޑިއޭ ޖަގަހައިގައި މިރޭ ބާއްވަމުންދާ ޖަލްސާގައި ރައީސް ވިދާޅުވީ، އިދިކޮޅު ކައުންސިލަރުން ތަރައްޤީގެނައުމަށް އެހީތެރިކަން ނުދިން ނަމަވެސް ތަރައްޤީ ގެންނާނެ ކަމަށެވެ.

“އެމްޑިޕީ މެޖޯރިޓީ ރާއްޖޭގެ އެކި ހިސާބުތަކުގެ ބައެއް ކައުންސިލްތަކަށް ލިބުނުކަމުގައި ވީނަމަވެސް ތަރައްޤީއަށް ހުރަސްއަޅުއްވަން ނޫޅުއްވާތި، އަޅުގަނޑުމެން އެބޭފުޅުން އެހީ ވިޔަސް، އެހީ ނުވިޔަސް ރާއްޖޭގެ އެކި ހިސާބުތަކަށް ގެންދާ ތަރައްޤީ އަޅުގަނޑުމެން ގެންނާނަން” ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މީގެ ކުރީގެ އަހަރުތަކުގައިވެސް އެމްޑީޕީ މެޖޯރިޓީ ލިބޭ ކައުންސިލްތަކުން ސަރުކާރުގެ އެކި ތަރައްޤީގެ މަޝްރޫއުތަކަށް ދަތިކޮށްފައިވާ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ފުޓްސަލްދަނޑު ހަދަން ބިން ކަނޑައިދޭން ބުނެ ބިން ކަނޑައިނުދީ އެތައް މަހެއް ކޮށްފައިހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް އެ ކައުންސިލް އެހެން އޮތަސް ދިވެހިރާއްޖެއަކީ ދިވެހި ދައުލަތުގެ ސިޔާދަތު ފުރިހަމައަށް ރާއްޖޭގެ ހުރިހާ މީހުންގެ މައްޗަށާއި، ރާއްޖޭގެ ކޮންމެ އަކަފޫޓެއްގެ މައްޗަށް ހިނގާނެ ސަރުކާރެއް ކަމަށްވާތީ އެކަންވެސް ހުންނާނީ ކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*