ނިލަންދޫ ކައުންސިލްގެ ދާއިމީ ނަތީޖާ ދައްކާގޮތުން 3 ވަނަ ލަތީފް އަށް

ލަތީފް (ކ)، ޢަލީ މުޙަންމަދު (މ)، ޖަލީލް(ވ)

ފ.ނިލަންދޫ ކައުންސިލްގެ ދާއިމީ ނަތީޖާ ދައްކާގޮތުން ނިލަންދޫ ކައުންސިލަށް ހޮވުނު 3 ވަނަ މެންބަރުގެ ގޮތުގައި ޢަބުދުއްލަތީފް މުޙަންމަދު ހިމެނިއްޖެއެވެ. 3 ވަނަ އަށް ލަތީފް ހޮވިފައިވަނީ 4 ވަނަ އަށް ދިޔަ ޕީޕީއެމްގެ ކެންޑިޑޭޓް ޢަބުދުލް ޖަލީލް އަޙްމަދަށްވުރެ 4 ވޯޓް އިތުރަށް ލިބިގެނެވެ.

8 ކެންޑިޑޭޓުން ވާދަކުރިކައުންސިލް އިންތިޚާބުގައި ލަތީފް ހޮވިފައިވަނީ 386 ވޯޓް ލިބިގެނެވެ. އެންމެ ގިނަ ވޯޓް، 669، ލިބިގެން 1 ވަނައަށް މުޙަންމަދު ޖަލީލް ހޮވިފައިވާއިރު، 2 ވަނަ އަށް ހޮވުނު ޕީޕީއެމްގެ ކެންޑިޑޭޓް ޢަލީ މުޙަންމަދުއަށް 662ވޯޓް ލިބިފައިވެއެވެ.

އަލަށް ހޮވުނު ކައުންސިލަރުންގެ ހުވާކުރުން ބޭއްވުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ހަމަޖައްސާފައިވަނީ 3 ޖޫންގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*