ކައުންސިލް އިންތިޚާބު: ނިލަންދޫ ކައުންސިލްގެ 3ވަނަ ގޮނޑި ކާމިޔާބު ކުރާނީ ކާކު؟

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުވެސް ނިމުނީ އެވެ. ބޮޑު ތަފާތަކުން މުޙައްމަދު ޖަލީލު އަޙުމަދު އާއި ޢަލީ މުޙައްމަދު ގޮނޑި ކަށަވަރު ކޮށްފި އެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ކަމުގައި ވީނަމަވެސް މި ދެމީހުންނާއި ތިން ވަނައަށް އިންތިޚާބުވާ މީހަކާއި ދޭތެރޭ ގާތްގަނޑަކަށް 270 ވަރަކަށް ވޯޓުގެ ތަފާތެއް ހުންނާނެ އެވެ.
އެންމެ ފަހުގެ ނަތީޖާ ދައްކާ ގޮތުން މިހާރުވެސް 277 ވޯޓުގެ ތަފާތެއް އެބަހުއްޓެވެ. މިއީ ވަރަށް ބޮޑު ފަރަޤެކެވެ. ތާރީޚީ ކާމިޔާބީ އެވެ.
އެދެމީހުންނަށް ލިބުނު ބޮޑު ކާމީޔާބީ ފާހަގަ ކުރަމުންދާއިރު، އެއަށްވުރެ ގިނަ ރައްޔިތުން މިއަދު އިންތިޒާރު ކުރަމުންދަނީ ކައުންސިލްގެ ތިންވަނަ ގޮނޑިއަށް އިންތިޚާބުވާނެ މީހަކަށެވެ. މިކަމާ ރައްޔިތުންގެ މެދުގައި ކުރެވެމުންދާ ބަހުސްތައް ގިނަ އެވެ. ވިސްނާ ވިސްނުންތައް ގިނަ އެވެ. ދެން ވާނީ ކިހިނެތްތޯ އަހާ މީހުން ގިނަ އެވެ. ވާނުވާ ވަގުތުން އެނގެން ބޭނުންވާ އެތައް ބަޔަކު އެތިބީއެވެ.
ތިންވަނަ ގޮނޑި އެއްވެސް މީހަކަށް އަދި ކަށަވަރު ވެފައިނުވާއިރު، ދެ ކެނޑިޑޭޓަކު އަންނަނީ ވަރަށް ކައިރިކައިރިން ވާދަ ކުރަމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ދެކެނޑިޑޭޓުންގެ މެދުގައި މިވަގުތު ހުރީ އެންމެ ވޯޓެއްގެ ފަރަޤެކެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާފައިވާ ވޯޓުފޮށިތައް ގުނައި މިހާތަނަށް ޢާއްމުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު، މިވަގުތު ތިން ވަނާގައި އޮތް އަމިއްލަ ގޮތުން ވާދަކުރި ޢަބްދުއްލަތީފު މުޙައްމަދު އަށް 373 ވޯޓު ލިބިފައި ވެއެވެ. އަދި މިވަގުތު ހަތަރުވަނާގައި ވިއްދާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓް ޢަބްދުލްޖަލީލު އަޙުމަދު އަށް ލިބިފައިވަނީ 372 ވޯޓެވެ.
ބާކީ ގުނަންޖެހޭ ވޯޓު ތަކެއް ހުރުމާއިއެކު، ވާގޮތް ބަލަން ތިބެމާ ހިނގާށެވެ. ތިން ވަނައަށް ކޮންމެ މީހަކު ހޮވުނު ކަމުގައި ވިޔަސް، އެމީހަކުވާނީ ނަސީބު ގަދަ މީހަކަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*