ޖަލީލްއާއި ޢަލީ ނިލަންދޫ ރަށު ކައުންސިލްގެ ގޮނޑި ކަށަވަރުކޮށްފި

ޕީޕީއެމްގެ ކެންޑިޑޭޓް ޢަލީ މުޙަންމަދުއާއި މިނިވަން ކެންޑިޑޭޓް މުޙަންމަދު ޖަލީލް ނިލަންދޫ ރަށު ކައުންސިލްގެ ގޮނޑި ކަށަވަރުކޮށްފިއެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން މުޙަމަދު ޖަލީލަށް 652 ވޯޓް ލިބިފައިވެއެވެ. ޢަލި މުޙަންމަދަށް ލިބިފައިވަނި 650 ވޯޓެވެ. މި ދެބޭފުޅުންނާއި ދެން އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓް ގާތްގަނޑަކަށް 270 ވަރަަކަށްވޯޓުން ފަހަތުގައި އޮތުމުން މި ނަތީޖާއަށް އިތުރު އެއްވެސް ބަދަލެއް ދެންނާނެއެވެ.

ތިންވަނައަށް ވާދަކުރަނީ ޢަބުދުއްލަތީފް މުޙަންމަދުއާއި ޢަބުދުލް ޖަލީލު އަހްމަދުއެވެ. މިހާތަނަށް ސާފުކުރި ނަތީޖާއާއިއެކު، 373 ވޯޓު ލިބިފައިވާ ޢަބުދުއްލަތީފް މުޙަންމަދު އުޅެނީ ޖަލީލުއަށްވުރެ 1 ވޯޓުން ކުރީގައެވެ. އެހެންކަމުން އަދިވެސް 3 ވަނައަށް ގޮަސްފައިވާ ފަރާތެއް އަދިވެސްވަނީ މުޅިން ކަށަވަރުވާގޮތް ނުވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*